ޚަބަރު

ލައިސަންސް ޓެސްޓް ޑްރައިވިން ޓްރެކްގެ ބައުންޑަރީތެރެއިން އޮތް ހުސްބިން ކުއްޔަށްދޫކުރުން

މިކައުންސިލުން ގއ. ވިލިނގިލީގައި ހަދާފައިވާ ލައިސަންސް ޓެސްޓޤ ޑްރައިވިންގ ޓްރެކް ސާފުކޮށް ބެލެހެއްޓުމާއި ޓްރެކް މަރާމާތުކޮށް ބެލެހެއްޓުން ޝަރުޠުކޮށް މަހު ކުއްޔެއް ދައްކާގޮތަށް ޓްރެކްގެ ހުސްބިންކޮޅު ފާސްޓް ކޮންސްޓްރަކްޝަންސް ޕްރައިވެޓް ލިމިޓެޑަށް 15 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމުގެ އެގްރިމެންޓްގައި 27 ޖޫން 2024 ގައި ސޮއިކުރެއްވިއްޖެ. މި އެއްބަސްވުމުގައިވާ ގޮތުން ކުއްޔަށްހިފި މުއްދަތުގައި ޓްރެކް މަރާމާތުކޮށް ބެލެހެއްޓުމާއި ޓްރެކްގެ ކަރަނަޓްބިލް ދައްކާ އަދި ޓްރެކާއި ޓްރެކްގެ ވަށައިގެންވާ މަގުފަޅި ކުނިކަހާ ސާފުކޮށް ބަލަހައްޓާނީ ކުއްޔަށް ހިފި ފަރާތުން . މިއެއްބަސްވުމުގެ ސަބަބުން ދެމެހެއްޓެނިވިގޮތެއްގައި ޓްރެކް ބެލެއްޓުމަށް މަގުފަހިވެގެންދާނެ

ޓްރެކްގެ ހުސްބިންކޮޅު ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި އަތޮޅުކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހީމް ޝަހީން. ފާސްޓްކޮންސްޓްރަކްޝަންސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެގްރިމެންޓްގައި ސޮއިކުރެއްވީ މެނެޖިންގ ޑިރެކްޓަރ އަލްފާޟިލާ ޝަޒްމާ މުޙައްމަދު