ޚަބަރު

އަތޮޅުކައުންސިލާއި ، ސްޓޭޓްހައުސްގެ އޭސީތައް މަރާމާތުކޮށް ބެލެހެއްޓުން ހަވާލުކުރުން

އަތޮޅުކައުންސިލްގައި ބޭނުންކުރާ އޭސީ ތަކާއި ސްޓޭޓްހައުސްގައި ބޭނުންކުރާ އޭސީތައް މަރާމާތުކޮށް ބެލެހެއްޓުން އައުޓްސޯސް ކުރުމަށް ނިންމާ މިމަސައްކަތަށް އާންމުކޮށް އިއުލާންކުރުމުން ހުށަހެޅުނު ބިޑްތަކުގެ ތެރެއިން މިމަސައްކަތަށް ހޮވުނު މުއްކު ޓްރޭޑިން އާއި އެކު މި މަސައްކަތުގެ އެއްބަސްވުމުގައި 27 ޖޫން 2024 ގައި ވަނީ ސޮއިކުރެވިފަ. އެއްއަހަރު ދުވަހުގެ މުއްދަތަށް މި މަސައްކަތް ހަވާލުކުރުމަށް ވެވުނު އެއްބަސްވުމުގައި އަތޮޅުކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހީމް ޝަހީން. މުއްކު ޓްރޭޑިންގ ގެ ފަރާތުން ސޮއިކުރެއްވީ އަލްފާޟިލް އަލީ ރަޝީދު.