ދާންދޫ

ގއ. ދާންދޫ އަކީ މިއަތޮޅުގެ 2 ވަނަ އެންމެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ ރަށެވެ. މިރަށަކީ މަސްވެރިކަމުގެ ސިނާއަތުގައި އަތޮޅުން އެންމެ ފާހަގަކޮށްލެވޭ އެއްރަށެވެ. މިރަށުގައި ގާއިމްކުރެވިފައިވާ މުއައްސަސާތަކުގެ ތެރޭގައި ، ދާންދޫ ކައުންސިލާއި ، މެޖިސްޓްރޭޓްކޯޓާއި ، ފެނަކަ އޮފީހާއި ، ދާންދޫ ސްކޫލާއި ، ދާންދޫ އައިސްޕްލާންޓާއި، ޒުވާނުންގެ މަރުކަޒާއި ، ދާންދޫ ޕްރީސްކޫލާއި ، ދާންދޫ ޕޮލިސްސްޓޭޝަން ގާއިމްކުރެވިފައިވެއެވެ. ދާންދޫ އަކީވެސް ބޭންކް އޮފް މޯލްޑިވްސްގެ ޚިދްމަތް ލިބޭގޮތަށް އޭޓީއެމްގެ ޚިދްމަތް ލިބެމުންދާ ރަށެއްކަން ފާހަގަ ކުރަމެވެ.

ދިގުމިނުގައި 750 މީޓަރު އަދި ފުޅާމިނުގައި 290 މީޓަރު އޮންނަ ދާންދޫ އޮންނަނީ ވެރިކަން ކުރާ ރަށް، މާލެއާއި 394 ކިލޯމީޓަރު ދުރުގައެވެ. އެއީ ޖޯގްރަފީ ގޮތުން ބަލާއިރު އުތުރުން 0.621445 ޑިގްރީ އަދި އިރުން 73.461478 ޑިގްރީއެވެ. މިރަށުގެ ރައްޔިތުން އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމެވެ. ދާންދޫ އަކީވެސް ތައުލީމީ ދާއިރާއިން ފާޙަގަކޮށްލެވޭ ދަރިންތަކެއް އުފެއްދި ރަށެކެވެ. ރަށުގައި އެކިފަންނުތަކުގެ ފަންނުވެރިން ދިރިއުޅެމުންދާ ރަށަށް ޒިޔާރަތްކުރާ މެހްމާނުނަށް މެހްމާންދާރީ އަދާކުރުމުގައި ފާޙަގަކޮށްލެވޭ ރަށެއްވެސް މެއެވެ.