ދެއްވަދޫ

ގއ. ދެއްވަދޫ އަކީ އަތޮޅުގައި މެދުގައި އޮތް މީހުން ދިރިއުޅޭ ހަމައެކަނި ރަށެވެ. ދެއްވަދޫގެ ބޮޑުމިނަކީ 19.7 ހެކްޓެރެވެ. މިރަކީވެސް މަސްވެރިކަމުގެ މަސައްކަތުގައި ފާހަގަކޮށްލެވޭ ރަށެކެވެ. މީގެ އިތުރުން އިމާރާތް ކުރުމުގެ ދާއިރާގައި ފުންނާބު އުސް ކުންފުނިތަކުގެ ވެރިން ނިސްބަތްވާ ދެއްވަދޫއަކީ ތާރީޚީ ގޮތުންވެސް ފާހަގަކޮށްލެވޭ ރަށެކެވެ. ރާއްޖޭގައި ރަސްކަން ކުރެއްވި ދެއްވަދޫ ރަސްގެފާނަކީ ދެއްވަދޫ އަށް އުފަން ބޭފުޅެކެވެ. ދެއްވަދޫގައި އާސާރީ ތަންތަން ހުރިކަން ފާހަގަކޮށްލެވެއެވެ. މިރަށުގައި ހިންގަމުންދާ މުއައްސަސާތަކުގެ ތެރޭގައި ދެއްވަދޫ ކައުންސިލްގެ އިދާރާ އާއި ، ދެއްވަދޫ މެޖިސްޓްރޭޓް ކޯޓާއި ، ދެއްވަދޫ އައިސްޕްލާންޓާއި ، ދެއްވަދޫ ހެލްތް ސެންޓަރާއި ، ފެނަކަ އޮފީސް ހިންގަމުންދާކަން ފާހަގަ ކުރެވެއެވެ. މިރަށުގެ ރައްޔިތުން އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމެވެ.

ދެއްވަދޫއަކީ ތައުލީމީ ގިނަ ދަރިންތަކެއް އުފެއްދި ހިތްހެޔޮ ރައްޔިތެއް ދިރިއުޅެމުންދާ ރަށެކެވެ.