މަސްވެރިކަން، ދަނޑުވެރިކަން، ޓޫރިޒަމް

މަސްވެރިކަން

މިއަތޮޅަކީ މަސްވެރިކަމުގެ ދާއިރާގައި ރާއްޖޭގައި އޮތް އެންމެ ފުންނާބުއުސް އެއްއަތޮޅެވެ. މަސްވެރިކަމުގައި އެންމެ ފާހަގަކޮށްލެވޭ ރަށްތަކަކީ ވިލިނގިލި ، ކޮލަމާފުށި ، ދާންދޫ ، ދެއްވަދޫ ، ގެމަނަފުށްޓެވެ . މަސްވެރިކަމުގެ ސިނާއަތުގައި ބޭނުންކުރަމުންދާ 3 ވަނަ ޖީލުގެ މަސްދޯނި ފަހަރު ބޭނުންކުރަމުން ދަނިކޮށް މަސްދޯނި ފަހަރުގައި އެކޮމަޑޭޝަން ހިމަނައިގެން ބޮޑު މަސްދޯންޏެއް ބަނދެ މިސިނާއަތަށް އިންގިލާބީ ބަދަލެއް ގެންނެވީ ގއ. ވިލިނގިލީ ނަރުގިސްވިލާ އަލްފާޟިލް މުޙައްމަދު ޒައީމެވެ. މަސްވެރިކަމުގެ މައި ހަބެއްގެ ގޮތުގައި ބޭނުންކުރާ ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް އަކީ މިއަތޮޅުގެ ސިނާއީ އެންމެމުހިއްމު ރަށެވެ. އިންޓަރނޭޝަނަލް ވިޔަފާރީ ބަދަނރެއްގެ މިއަތޮޅުގައި ނެތްކަމުގައި ވިޔަސް ތަފާސް ހިސާބުތަކުން ދައްކާގޮތުން ކޫއްޑޫ އަކީ ރާއްޖޭގައި އެންމެގިނައިން އެކްސްޕޯޓް ކުރާ ރަށްވެސް މެއެވެ.

 

ފަތުރުވެރިކަން

މިއަތޮޅަކީ ފަތުރުވެރިކަމަށްވެސް ފައްކާވެފައިވާ އަތޮޅެކެވެ. 2023 ވަނަ އަހަރު ނިމުނު އިރު މިއަތޮޅުގައި 6 ރިސޯޓާއި 1 ސިޓީހޮޓާ ހިންގަމުންދާއިރު ފަތުރުވެރިކަން ތަރައްގީކުރުމަށް މިއަތޮޅުން 10 ރަށް ދޫކުރެވިފައިވެއެވެ. އަދި ކައިރިމުސްތަގްބަލެއްގައި ވިލިނގިއްޔާ ގުޅިފައިވާ އެކެފަރުގައި އަޅަން ހަމަޖެހިފައިވާ އިންޓަރނޭޝަނަލް އެެއަރޕޯޓާއިއެކު އެ ފަޅުތެރޭގައި 17 ރިސޯޓް ތަރައްގީ ކުރުމަށް ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.

ގއ. އަތޮޅުގައި ހިންގަމުންދާ ރިސޯޓްތައް

 

ރިސޯޓުގެ ނަންރޫމްގެ އަދަދުއެނދުގެ އަދަދު
1ރޮބިންސަން މޯލްޑިވްސް121242
2ޕާރކް ހަޔަރޓް މޯލްޑިވްސް ހަޑަހާ53106
3ދަ ރެސިޑެންސް މޯލްޑިވްސް ފަޅުމާފުށި100200
4ދަ ރެސިޑެންސް މޯލްޑިވްސް އެޓް ދިގުރަށް185370
5ރަފޭލްސް މޯލްޑިވްސް މެރަދޫ ރިސޯޓްސް50100
6ޕުލްމަން މޯލްޑިވްސް މާމުޓާ  ރިސޯޓް136271
7މަރކިއޯ މޯލްޑިވްސް ކޫއްޑޫ72144
7171433

 

ގއ. އަތޮޅުގައި ހިންގަމުންދާ ގެސްޓްހައުސްތައް

 

ގެސްޓްހައުސްގެ ނަންރަށުގެ ނަންމޮބައިލްރޫމްގެ އަދަދުއެނދުގެ އަދަދު
1އޯޝަނިކް އިންގއ. ކޮލަމާފުށި778840148
2ވިޜަން އިންގއ. ވިލިނގިލި999152348
3ވަށި އިންގއ. ވިލިނގިލި9793206510
4އެކެފަރު އިންގއ. ވިލިނގިލި7600945612
5ބްލޯސަމް އިންގއ. ވިލިނގިލި9752424510
6ވިލެޖް ލައިފްގއ. މާމެންދޫ777992448
7ހުވަދޫ ލޮޖްގއ. މާމެންދޫ995490336
8ތިގޯ ޑްރީމްސްގއ. ނިލަންދޫ763862336
9ދާންދޫ ހޯމްސްޓޭގއ. ދާންދޫ953959236
10ސަންކޮރަލް މޯލްޑިވްސް ކޮނޑޭގއ. ކޮނޑޭ797222048
11ކޮނޑޭ ގާރޑެންވިލާގއ. ކޮނޑޭ7773529612
12ކޮރަލް ޝައިންގއ. ގެމަނަފުށި9997735612
13ބޯގަންވިލާގއ. ގެމަނަފުށި788131348
14ދިގުރަށް ދޮންވެލި ބޮޓިކްގއ. ދިގުރަށް7800644510
15ސީސައިޑް ދިގުރަށްގއ. ދިގުރަށް7824741612
 68136

 

 

ރިސޯޓް ތަރައްގީކުރުމަށް ގއ. އަތޮޅުން ދޫކޮށްފައިވާ ރަށްތައް

ރަށުގެ ނަންރަށް ތަރައްގީކުރުމަށް ހަވާކުރި ފަރާތް
1ގއ. ބަކައްތާއަމީން ކޮންސްޓްރަކްޝަން
2ގއ. ހިނާމާގަލާއަމީން ކޮންސްޓްރަކްޝަން
3ގއ. ހިރިހުއްޓާއަމީން ކޮންސްޓްރަކްޝަން
4ގއ. މާރަންދޫމާރަންދޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް
5ގއ. ކެރައްދޫކެރައްދޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް
6ގއ. ކޮނޑޭމަތީ ލާބަދޫލާބަދޫ ޕްރައިވެޓް ލިމިޓެޑް
7ގއ. ވޮޑަމުލާޔުނައިޓެޑް އިންޓަރނޭޝަނަލް ހޮޓެލް ގްރޫޕް ކޯ
8ގއ. މަހައްދޫޓްރަވިސްޓާ ރިސޯޓްސް ޕްރައިވެޓް ލިމިޑެޓް
9ގއ. ދެއްވަމާގަލާނަލަވެލި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
10ގއ. ފަރުހުޅުދޫމިލޭނިއަމް ކެޕިޓަލްމެނޭޖްމެންޓް ޕްރައިވެޓް ލިމިޓެޑް

 

ދަނޑުވެރިކަން

މިއަތޮޅަކީ ދަނޑުވެރިކަމުގެ މަސައްކަތްވެސް ހިންގަމުންދާ އަތޮޅެކެވެ. އަތޮޅުގެ ކޮންމެ ރަށެއްގައިވެސް ގޯތި ތެރޭގައި ތަކުރާރީ އާއި މޭވާގެ ބާވަތްތައް ހައްދަމުން ގެންދެއެވެ. މިއަތޮޅުގައި ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ރަށްތަކަކީ

  • ގއ. ނިލަންދޫ
  • ގއ.ކޮނޑޭ
  • ގއ. ގެމަނަފުށި