ކަނޑުހުޅުދޫ

މިއަތޮޅު ކަނޑުހުޅުދޫ އަކީ އަތޮޅުގެ އެންމެ ދެކުނަށް މީހުން ދިރިއުޅޭ ރަށެވެ. ކަނޑުހުޅުދޫގެ ބޮޑުމިނަކީ 350000 އަކަފޫޓެވެ. މިރަށުގައި ގާއިމްކުރެވިފައިވާ މުއައްސަސާތަކުގެ ތެރޭގައި ކައުންސިލް އިދާރާގެ އިތުރުން މެޖިސްޓްރޭޓް ކޯޓާއި ، ޞިއްޙީ މަރުކަޒާއި ، ފެނަކަ އޮފީހާއި ކަނޑުހުޅުދޫ ސްކޫލް ފާހަގަ ކޮށްލެވެއެވެ. މިރަށުގެ ރައްޔިތުން އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމެވެ. މިރަށުގެ އުތުރުން މީހުންދިރިއުޅޭ ގެމަނަފުށްޓާއި ހަމަޔަށް އެއްފަޅެއްގައި ގިނަ އަދަދެއްގެ ރީތި ފަޅުރަށްތައް އުފެދިފައިވެއެވެ. މިރަށަކީވެސް ތައުލީމީ ދަރިންތަކެއް އުފެއްދި މަސައްކަތްތެރިކަމުގެ ދާޢިރާގެ ފަންނުވެރިން ދިރިއުޅޭ މެހްމާނުނަށް ކަމޭހިތާ ހިތްހެޔޮ ރައްޔިތެއް ދިރިއުޅޭ ރަށެކެވެ.