ކޮލަމާފުށި

ގއ. ކޮލަމާފުށްޓަކީ އަތޮޅުގެ ހުޅަނގު އުތުރުގައި އޮންނަ ރަށެކެވެ. ކޮލަމާފުށީގެ ބޮޑުމިނަކީ 20.03 އަކަމީޓަރެވެ. މިއަތޮޅުގެ އަތޮޅުމަދަރުސާ ގާއިމްކުރެވިފައިވަނީވެސް ކޮލަމާފުށީގައެވެ. މިރަށުގައި ގާއިމްކުރެވިފައިވާ މުއައްސަސާތަކުގެ ތެރޭގައި އަތޮޅު މަދަރުސާގެ އިތުރުން ކޮލަމާފުށީ ކައުންސިލްގެ އިދާރާއާއި ، ކޮލަމާފުށީ ކޯޓާއި ، ޞިއްޙީ މަރުކަޒާއި ، ފެނަކަ ކޮލަމާފުށީ ބްރާންޗް އަދި އާރުޑީސީ ކޮލަމާފުށީ ސައިޓް ގެ އިތުރުން އައިސްޕްލާންޓާއި ، ޕޮލިސް ސްޓޭޝަން ހިމެނެއެވެ. މިރަށުގައި ބޭންކް މުއާމަލާތް ކުރެވޭގޮތަށް އޭޓީއެމެއް ބެހެއްޓިފައިވެއެވެ. މިރަށަކީ އެކި ފަންނުތަކުގައި ގިނަ އަދަދެއްގެ ފަންނުވެރިން ދިރިއުޅެމުންދާ ރަށެއްކަން ފާހަގަ ކޮށްލެވެއެވެ. ރަށުގައި ދިރިއުޅޭ ރައްޔިތުންކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމުގެ މަސައްކަތެވެ. މިރަށަކީ އުމުރާނީ ގޮތުން ގިނަ ކުރިއެރުންތަކެއް ހާޞިލް ކޮށްފައިވާ މެހްމާންދާރީ އަދާކުރުމުގައި ފާހަގަކޮށްލެވޭ ރަށެކެވެ. ތައުލީމީ ދަރިންތަކެއް އުފެދިފައިވާ މިރަށުގެ ގިނަ ބަޔަކު މާލެއަށް ހިޖުރަކުރި ކަމުގައިވިޔަސް ރަށުގެ ތަރައްގީއަށްޓަކައި ކުރެވެމުންދާ މަސައްކަތްތައް އަބަދުވެސް ރަށުގައި ކުރިޔަށްދާކަން ފާހަގަކޮށްލެވެއެވެ.