މާމެންދޫ

ގއ. މާމެންދޫ އަކީ ދަނޑުވެރިކަމާއި މަސްވެރިކަމުގައިވެސް ފާޙަގަކުރެވެމުން އަންނަ ރަށެކެވެ. މާމެންދޫގެ ބޮޑުމިނަކީ 1.41 ކިލޯމީޓަރެވެ. ރަށުގައި ފުޅާދާއިރާއެއްގައި ގެސްޓްހައުސް ވިޔަފާރި ހިންގަމުންދާކަން ފާހަގަ ކުރެވެއެވެ. ރަށުގައި ގާއިމްކުރެވިފައިވާ މުއައްސަސާތަކުގެ ތެރޭގައި މާމެންދޫ ކައުންސިލް އިދާރާ އާއި ، މާމެންދޫ ކޯޓާއި ، ފެނަކަ އޮފީހާއި ، ޕޮލިސްސްޓޭޝަނާއި ، ކީރިތި ޤުރްއާނާއިބެހޭ މަރުކަޒުގެ ގޮތްޕަކާއި ،ހެލްތް ސެންޓަރާއި ، ޒުވާނުންގެ މަރުކަޒާއި ، މާމެންދޫ ސްކޫލް ފާހަގަ ކޮށްލެވެއެވެ. އަދި މިރަށުގައި ބޭންކްގެ މުއާމަލާތް ކުރެވޭގޮތަށް އޭޓީއެމެއް ބެހެއްޓިފައިވާކަން ފާހަގަ ކުރަމެވެ. މިރަށުގައި އާސާރީ ބިނާއެއް ނެތެވެ. މިރަށުގެ ރައްޔިތުން އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ މަސައްކަތެވެ. މާމެންދޫ އަކީވެސް ތައުލީމީގޮތުން މުޅިރާއްޖެއިންވެސް ފާހަގަކޮށްލެވޭފަދަ ދަރިންތަކެއް އުފެދިފައިވާ ރަށެކެވެ. އެކިދާއިރާތަކުން ގިނަ ފަންނުވެރިން ތިބި ރަށެއްވެސް މެއެވެ. މިރަށަކީވެސް މެހްމާނުނަށް މެހްމާންދާރީ އަދާކުރުމުގައި ފާހަގަކުރެވޭ ރަށެކެވެ.