ނިލަންދޫ

ގއ. ނިލަންދޫއަކީ ފުޅާދާއިރާއެއްގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރަމުންދާ ރަށެކެވެ. މަސްވެރިކަމުގެ ދާޢިރާގައި ކޮންމެވެސް ވަރަކަށް ހަރަކާތްތެރިވީކަމުގައިވިޔަސް ނިލަންދޫ މަޝްހޫރުވެފައިވާ ދަނޑުވެރިކަމުގައި އަތޮޅުގެ 1 ވަނަ ރަށްކަމުގައެވެ. މިރަށުގައި އެގްރޯ ގެ ސެންޓަރެއް ގާއިމްކުރެވިފައިވެއެވެ. ރަށުގައި ގާއިމްކޮށްފައިވާ މުއައްސަސާތަކުގެ ތެރޭގައި ނިލަންދޫ ކައުންސިލާއި ، ހެލްތް ސެންޓަރާއި ، ނިލަންދޫ ސްކޫލާއި ، ފެނަކަ އޮފީހާއި ، ޕޮލިސްސްޓޭޝަނާއި އެގްރޯ ސެންޓަރާއި ، ޒުވާނުންގެ މަރުކަޒާއި ، ނިލަންދޫ މެޖިސްޓްރޭޓް ކޯޓް ހިމެނެއެވެ.

ނިލަންދޫއަކީ އާސާރީ ބައެއްތަކެތި ފެނިފައިވާ ރަށެއްކަން ފާހަގަކޮށްލެވެއެވެ. މިގޮތުން ނިލަންދޫގެ ގަލެހުނިޔާ ކިޔާ ކުޑަހަވިއްތައިން ބުދުތަކުގެ ބައިތައް ފެނިފައިވާކަން ފާހަގަ ކުރެވެއެވެ.

ނިލަންދޫގެ ބޮޑުމިނަކީ 56.7 ހެކްޓަރެވެ. ރަށާއި މާލެއާއި ދެމެދުގެ ދުރުމިނަކީ 475 ނޯޓިކަލް މޭލެވެ. މިރަށުގެ ރައްޔިތުން އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކީ ދަނޑުވެރިކަމެވެ. މިރަށަކީވެސް ތައުލީމީ ގިނަ ދަރިންތަކެއް ތިބި އަދި އެކިފަންނު ތަކުގެ މަސައްކަތްތެރިން ދިރިއުޅެމުންދާ މެހްމާނުނަށް މެހްމާންދާރީ އަދާކުރުމުގައި ފާޙަގަކޮށްލެވޭ ހިތްހެޔޮ ރައްޔިތުންތަކެއް ދިރިއުޅެމުންދާ ރަށެކެވެ.