ވިލިނގިލި ޕްރޮޖެކްޓްތައް
ގއ. ވިލިނގިލީ ކައުންސިލުން ހިންގާފައިވާ މަޝްރޫޢޫތައް
ވިލިނގިލީގެ ރައްޔިތުން މިހާތަނަށް ހިންގާފައިވާ ތަރައްގީގެ މުހިއްމު މަސައްކަތްތަކުގެ މައުލޫމާތު ތިރީގައި މިދަންނަވަނީއެވެ.
- ރިސޯސް ރިކަވަރީ އެންޑް ވޭސްޓް މެނޭޖްމެންޓް ސެންޓަރ
- އަލަށް އާބާދުވި ރަށުގެ އުތުރު ސަރަހައްދުގެ މަގުތަކުގައި ބައްތިޖެހުމުގެ މަޝްރޫޢު
- ރަށުގެ މޫނު މަތީ ސަރަހައްދުގައި ފިނިމައިޒާން ހެދުމުގެ މަޝްރޫޢު ( މި މަޝްރޫޢުގެ ދަށުން 2016 އާއި ހަމައަށް 8 ފިނިމައިޒާން ހެދިފައިވޭ )
- ރަށުގެ މޫނު މަތީ ސަރަހައްދުގައި ޕާކް ހެދުމުގެ މަޝްރޫޢު ( މިމަޝްރޫޢުގެ ދަށުން ދިގުމިނު 2400 ފޫޓަށް ޕާކް ހެދިފައިވޭ )
- ރަށުގެ މާވަށްދިހެރޭގައި ވެލްކަމް ގޭޓެއް ހެދުން ( މިއީ ރާއްޖޭގެ ރަށެއްގައި ފުރަތަމަ ފަހަރަށް ހެދިފައިވާ މިފަދަ ވެލްކަމްގޭޓް ކަން ފާހަގަކޮށްލެވޭ )
- ފެރީޓާމިނަލެއް ހެދުން
- އިޖުތިމާއީ ސެންޓަރެއް ހެދުން ( މިތަން ހަދާފައިވަނީ ރައްޔިތުންގެ ޚަރަދުގައި ސަރުކާރުގެ އެހީތެރިކަމާއިއެކު 2006 ވަނަ އަހަރު. މިއީ 1.3 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން 17 ދުވަހުގެ ތެރޭގައި ކޮށްފައިވާ އިމާރާތެއް )
- ގަބުރުސްތާނުގައި ފާރު ރޭނުމާއި މީހުން ހިނަވާގެ އެއް ހެދުން ( މީހުން ހިނަވަން 1993 ގައި ހެދިފައިވާ މި އިމާރާތަކީ ރާއްޖެތެރޭގެ ރަށެއްގައި ހެދި މިފަދަ އެންމެ ފުރަތަމަ ބިނާކަން ފާހަގަކޮށްލެވޭ . މިތަން ހަދާފައިވަނީ ވިލިނގިލިގެ އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ އައިޑިއާ ޖަމްއިއްޔާއިން )
- 1987 ގައި ހެދި ފުރަތަމަ ބަދަނރުގެ އެއްގަމު ތޮށްޓާއި ބޭރުތޮށި ލުމާއި ފާލަން ހެދުމުގެ މަޝްރޫޢު
- 2013 ގައި ހިންގި ބަދަނރު ސަރަހައްދުން އުޅަނދު ފަހަރަށްސާފު ބޯފެން ފޯރުކޮށް ދިނުމުގެ މަޝްރޫޢު
- އަތޮޅު ތައުލީމީ މަރުކަޒު އޭ ލެވެލް ސެންޓަރަކަށް ބަދަލުކުރުމަށް ބެލެނިވެރިން ހިންގި 6 ކްލާސް ރޫމް އިމާރާތް ކުރުމުގެ މަޝްރޫޢަށް އެހީތެރިކަން ފޯރުކޮށް ދިނުން
- ރަށުގެ ފުޓްބޯޅަ ދަނޑުގެ ވަށާފާރު ރޭނުމުގެ މަޝްރޫޢު
- މިފްކޯއާއި މަސްވެރިންގެ ގުޅުން ރަމްޒްކޮށްދޭ މޮނިއުމެންޓް ހެދުން ( 2006 ވަނަ އަހަރުގައި ހިންގި މަޝްރޫޢެއް )
- ވީވީއޭ ޖަމްއިއްޔާއިން ލަވްޕޮއިންޓް ތަރައްގީ ކުރުން
- ވަޅަގަނޑާ ބީޗް ތަރައްގީކުރުން
- ލޭޑީސް ބީޗް ތަރައްގީކުރުން
- ގަބުރުސްތާން އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު ( ނިމިފައި )
- ތަސްޖިދުއް ތަޢުބާ މަރާމާތުކުރުމުގެ މަޝްރޫޢު ( ނިމިފައި )
ގއ. ވިލިނގިލީ ގައި ސަރުކާރުން ހިންގަވަމުން ގެންދަވާ ތަރައްގީގެ މަޝްރޫޢުތައް
- ސުނާމީ ހައުސިންގ ޕްރޮޖެކްޓް ( މިމަޝްރޫޢުގެ ދަށުން 2008 ވަނަ އަހަރު 78 ހައުސިން ޔުނިޓް އިމާރާތް ކޮށްފައިވޭ )
- ރަށުގައި ފެންޕްލާންޓެއް ގާއިމްކުރުން . 30 ޓަނުގެ ފެން އުފެއްދޭ ޕްލާންޓުގެ މަސައްކަތް 2016 ގައި ނިންމާ މިހާރު ދަނީ ބޭނުންކުރެވެމުން
- ބޯހިޔާވަހިކަމުގެ މަޝްރޫޢު ( 2014 ގައި ފެށި މި މަޝްރޫޢުގެ ދަށުން 52 ހައުސިން ޔުނިޓް އަޅާފައިވޭ ) މި މަޝްރޫޢުވަނީ ނިމިފަ
- ބޯހިޔާވަހިކަމުގެ މަޝްރޫޢު ( މިމަޝްރޫޢުގެ ދަށުން 50 ހައުސިންގ ޔުނިޓް ހެދުމުގެ މަސައްކަތް ވަނީ ފެށިފަ . މަސައްކަތުގެ 75% ވަނީ ނިމިފަ
- ރަށުގެ މަގުހެދުމުގެ މަޝްރޫޢު ( މިމަޝްރޫޢު ފެށިފައިވަނީ 2014 ވަނަ އަހަރު ) މިމަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްވަނީ ނިމިފަ
- ވިލިނގިލީގެ މަގުހެދުމުގެ މަޝްރޫޢު 2 ވަނަ ފިޔަވަހި ( މިމަސައްކަތް މިހާރު ދަނީ ހިނގަމުން )
- ރަށުގެ އަލަށް އާބާދުވި ސަރަހައްދުގައި މިސްކިތެއް ބިނާކުރުން ( މިއީ ސައުދީ އަރަބިޔާގެ ރަސްގެފާނުގެ އެހީގައި އަޅުއްވާފައިވާ މިސްކިތެއް ) މި މިސްކިތުގެ ބިންގާ އެޅިފައިވަނީ 22 އޮކްޓޯބަރ 2015 ގައި މި މިސްކިތް މިހާރުވަނީ ނިމިފައި
- އަތޮޅު ތައުލީމީ މަރުކަޒުގެ 9 ކްލާސްރޫމް ހިމެނޭ 3 ބުރީގެ އިމާރާތް މިމަޝްރޫޢު ފެށިފައިވަނީ 29 ފެބްރުއަރީ 2016 ގައި. މަސައްކަތް މިހާރުވަނީ ނިމިފައި
- އަތޮޅު ތައުލީމީ މަރުކަޒުގެ 3 ކްލާސްރޫމް އިމާރާތްކުރުމުގެ މަޝްރޫޢު ( މަސައްކަތް ފެށިފައިވަނީ 10 ޖުލައި 2016 ގައި ) މަސައްކަތް މިހާރުވަނީ ނިމިފައި
- ވިލިނގިލީ ބަދަނރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު ( މިމަޝްރޫޢ 2012 ގައި ފެށިފައިވީނަމަވެސް މިހާތަނަށްވެސް މިމަސައްކަތް އެއްކޮށް ފުރިހަމަ ކުރެވިފައިނުވޭ . މިމަސައްކަތް މިހާރުވެސް ދަނީ ހިނގަމުން
- ފުޓްސެލްދަނޑު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު ( ނުނިމޭ )
- ފުޓްބޯޅަ ދަނޑު ހެދުމުގެ މަޝްރޫޢު ( ނިމިފައި )
- ވޮލީކޯޓް އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު ( ނިމިފައި )
- ދުވާޓްރެކް ހެދުމުގެ ޕްރޮޖެކްޓް ( ނުނިމޭ )
- ފަތާ ޓްރެކް ހެދުމުގެ ޕްރޮޖެކްޓް ( ނުފެށޭ )
- ހިއްކި ސަރަހައްދުގެ ފެނާއި ނަރުދަމާގެ މަޝްރޫޢު ( ނުފެށޭ )
- ހިއްކި ސަރަހައްދުގެ މަގު ހެދުމުގެ މަޝްރޫޢު ( ނުފެށޭ )
- ފެނަކަ އައު އިންޖީނުގެ އިމާރާތްކުރުމުގެ މަޝްރޫޢު ( ނުނިމޭ )
- ވޭސްޓްމެނޭޖްމެންޓް އަޕްގްރޭޑް ކުރުމުގެ ޕްރޮޖެކްޓް ( ނުނިމޭ )
- މޯލްޑިވްސް އިސްލާމިކް ބޭންކުގެ އޭޓީއެމެއް ގާއިމްކުރުން ( ނިމިފައި )