ޚަބަރު

ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ޤަވައިދަށް އަހުލުވެރި ކުރުވުމަށް ހިންގި ޕޮރްގްރާމް ނިމިއްޖެ

ރަށްރަށުގެ ކައުންސިލްތަކާއި ވިލިނގިލީގެ ސެކްޓަރ ތަކަށް އަމާޒްކޮށްގެން ސެޕްޓެމްބަރ 12 އިން 13 އަށް މާލީ ވުޒާރާއާއި މިކައުންސިލް ގުޅިގެން ހިންގި ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ޤަވައިދަށް އަހުލުވެރި ކުރުމުގެ ޕޮރްގްރާމް 13 ސެޕްޓެމްބަރ 2024 ގައި ނިމިއްޖެ. މާލީ ވިޒާރާގެ ޕަބްލިކް ފައިނޭންސް އިންސްޓިޓިއުޓްގެ ފަންނީ ބޭފުޅުން ފެސިލިޓޭޓްކޮށް ދެއްވި މި ތަމްރީން ޕޮރްގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި މާލީ ވުޒާރާގެ ފަރާތުން އަތޮޅުކައުންސިލަށް ހަނދާނީ ފިލައެއް ދެއްވާފައިވޭ. މި ފިލާ މާލީ ވުޒާރާގެ ފަރާތުން ހަވާލުކޮށް ދެއްވީ ޗީފް ޕަބްލިކް އެކައުންޓެންޓް އަލްފާޟިލް ޔާސީން ޙުސައިން. އަތޮޅުކައުންސިލްގެ ފަރާތުން މި ފިލަޔާއި ހަވާލުވެލެއްވީ އަތޮޅުކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް މުޙައްމަދު ފަތުޙީ .