ގއ. އަތޮޅުގެ ރަށްތައް ފަތުރުވެރިކަމަށް ޕްރޮޕޯޓް ކުރުމަށް ރަށްރަށުގެ ވީޑިޔޯ ހެދުމުގެ މަސައްކަތް ފެށިއްޖެ.
އޮކާ މީޑިޔާ ގްރޫޕާއި ގުޅިގެން ގއ. އަތޮޅުކައުންސިލްގެ އިސްނެގުމަކަށް އަތޮޅުގެ ރަށްތައް ފަތުރުވެރިކަމަށް ޕްރޮމޯޓް ކުރުމަށްޓަކައި 360 ޑިގްރީއަށް ފެންނާނެހެން ރަށްރަށުގެ ވީޑިޔޯތައް ނަގާ މައުލޫމާތު އެއްކުރުމުގެ މަސައްކަތް 14 ޑިސެމްބަރ 2024 ގައި ވަނީ ފެށިފަ. މި ހަރަކާތުގައި އަތޮޅުގެ ރަށްރަށުގެ ވީޑިޔޯތަކާއި ރަށްރަށުގައި ހުރި ތާރީޚީ އަދި އާޘާރީ ތަންތަނުގެ ވީޑިޔޯތައް ނަގާނެ . މީގެ އިތުރުން ގެމަނަފުށި ، ވިލިނގިލި އަދި ކޮލަމާފުށީގައި ފަތުރުވެރިކަން މާކެޓް ކުރާނެ ގޮތްތައް ކިޔައިދީ ކަމާއިބެހޭ މައުލޫމާތު ދިނުމުގެ ޚާއްޞަ ސެޝަންތަކެއް ކުރިޔަށްގެންދާގޮތަށް ވަނީ ހަމަޖެހިފަ. މިގޮތުން ރޭ ގެމަނަފުށީގައި ވަނީ މައުލޫމާތު ދިނުމުގެ ޚާއްޞަ ސެޝަނެއް ކުރިޔަށް ގެންދެވިފަ. ފަތުރުވެރިކަން މާކެޓް ކުރުމާއި ގުޅޭ ސެޝަންތައް ނަންގަވައި ދެއްވަނީ މިދާއިރާގެ ތަޖުރިބާކާރެއްކަމަށްވާ ޑރ. ސަނީ އުމަރު.





