ގއ. އަތޮޅު އެކްސްޕޯއާ ބެހޭގޮތުން ބައްދަލުވުން ބާއްވައިފި
އަތްތެރި މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި މިއަތޮޅުގައި ކުރިއަރުވާ ތަރައްޤީ ކުރުމާއި މަސައްކަތްތެރިންނަށް ފަހި ފުރުސަތުތައް ތަނަވަސްކޮށް މަސައްކަތްތެރިންގެ ހުނަރުތައް ކުރިއެރުވުމުގެ މަގްސަދުގައި މިއަހަރު ފަހުކޮޅު މުޅި އަތޮޅަށް ހުޅުވާލައިގެން ގއ. އަތޮޅު އެކްސްޕޯ ގެ ނަމުގައި އެކްސްޕޯ އެއް ބޭއްވުމާއި ބެހޭ ގޮތުން މިއަދު ބައްދަލުވުމެއް ބާއްވައިފި. މިއީ ގއ ބީސީސީ އާއި ވިލިނގިލި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓިއާއި ވިލިނގިލި ކައުންސިލާއި އަތޮޅު ކައުންސިލް ގުޅިގެން ބާއްވަން ހަމަޖެހިފައިވާ އެކްސްޕޯއެއް. މި ބައްދަލުވުމުގާ އަތޮޅުކައުންސިލްގެ ރައީސްއާއި ކައުންސިލްގެ އިސްވެރިންނާއި ބީސީސީ އާއި ވިލިނގިލި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިސްބޭފުޅުންނާ ވިލިނގިލި ކައްންސިލްގެ ބޭފުޅުން ބާވެރިވަޑައިގެންނެވި.



