ޚަބަރު

މަދަނީ ޖަމްޢިއްޔާތަކުގެ މަހާސިންތާ ނިމިއްޖެ

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމެންޓް އިންފޮރމޭޝަން އެންޑް އާރޓްސް އާއި ، މިކައުންސިލް ގުޅިގެން 25 މެއި 2024 ގައި ގއ. ވިލިނގިލި ގައި ފެށި މަދަނީ ޖަމްޢިއްޔާތަކުގެ މަހާސިންތާ 27 މެއި 2024 ގައި ނިމިއްޖެ. މިއީ މަދަނީ ޖަމްއިއްޔާތަކުގެ ހިންގުން ހަރުދަނާ ކުރުމަށާއި ، ޖަމްއިއްޔާތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ދެނެގަނެ ، ތަރައްގީއަށް މަސައްކަތް ކުރުމުގައި ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތަކާއި ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަން އަންގައިދީ އެކި ޕްރޮޖެކްޓްތަކަށް ފައިނޭންސް ހޯދުމަށް ޕޮރްޕޯސަލް ހަދާނެ ގޮތް ދަސްކޮށްދީ ޖަމްއިއްޔާތައް ބާރުވެރިކުރުވުމުގެ މަގްޞަދުގައި ހިންގުނު މަހާސިންތާއެކެވެ. މި މަހާސިންތާގައި 83 ބޭފުޅުން ބައިވެރިވެ ލައްވާފައިވެއެވެ.

މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ބައިވެރިންނަށް ސެޓްފިކެޓް ބައްސަވައި ދެއްވީ ޔޫތު މިނިސްޓަރ އޮނަރްބްލް އިބްރާހީމް ވަޙީދެވެ. މަދަނީ ޖަމްޢިއްޔާތަކަށް އަމާޒްކޮށްގެން ބޭއްވި މި މަހާސިންތާއަކީ ކާމިޔާބު މަހާސިންތާއެއްކަމަށް މިނިސްޓްރީންނާއި ، ޖަމްއިއްޔާތަކުން ފާހަގަ ކޮށްފައިވެއެވެ. މަހާސިންތާގެ ސަބަބުން އަތޮޅުގެ ޖަމްއިއްޔާތަކަކީ މިހާރަށްވުރެ ޙަރަކާތްތެރި ޖަމްޢިއްޔާތަކަކަށް ވެގެންދާނެ.