ޚަބަރު

މަދަނީ ޖަމްޢިއްޔާތަކުގެ މަހާސިންތާ ބޭއްވުމަށް އެހީތެރިވި ފަރާތްތަކަށް ހަނދާނީ ފިލާ އަރުވައިފި

މެއި 25 އިން 27 ގެ ނިޔަލަށް ގއ.ވިލިނގިލީގައި ބޭއްވުނު މަދަނީ ޖަމްޢިއްޔާތަކުގެ މަހާސިންތާ ގއ. ވިލިނގިލީގައި ބޭއްވުމަށްޓަކައި ކުރެވުނު މަސައްކަތްތަކުގައި އަތޮޅުކައުންސިލަށް އެހީތެރިވެ ދެއްވި ގއ. ވިލިނގިލީ ކައުންސިލާއި ، ގއ. އަތޮޅު ތައުލީމީ މަރުކަޒަށް އެކަމުގެ އަގުވަޒަންކޮށް ހަނދާނީ ފިލާ އަރުވައިފި. މެއި 27 ވަނަ ދުވަހު ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވުނު މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ހަނދާނީ ފިލާ ހަވާލުކޮށް ދެއްވީ ޔޫތު މިނިސްޓަރ އޮނަރަބްލް އިބްރާހީމް ވަޙީދު. ގއ. އަތޮޅު ތައުލީމީމަރުކަޒަށް އެރުވުނު ހަނދާނީ ފިލަޔާއި އެމަރުކަޒުގެ ފަރާތުން ޙަވާލުވެލެއްވީ ޕީޓީއޭގެ ނާއިބްރައީސް އަލްފާޟިލާ އަޒީމާ ޙަސަނެވެ. ގއ. ވިލިނގިލީ ކައުންސިލަށް އެރުވުނު ހަނދާނީ ފިލަޔާއި ޙަވާލުވެލެއްވީ  އެކައުންސިލްގެ ނާއިބްރައީސް އަލްފާޟިލާ އައިޝަތު ނަޛްދާއެވެ.