ގެވެށިއަނިޔާ ހުއްޓުވުމުގެ ޤާބިލްކަން އިތުރުކުރުމުގެ މަސައްކަތު ބައްދަލުވުން ފެށިއްޖެ
ގއ. އަތޮޅުގެ ރަށްރަށުގެ މުވައްސަސާތަކުގެ ޕޮލިސީލެވެލްގެ ވެރިންނާއި ފަންނީ މަސައްކަތް ކުރައްވާ މުވައްޒަފުންނާއި ގެވެށި އަނިޔާ ހުއްޓުވުމުގައި އިޖުތިމާއީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ މީހުނަށް އަމާޒްކޮށްގެން ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާބިލްކަން އިތުރުކުރުމަށް 20 އޮކްޓޯބަރ 2024 އިން 23 އޮކްޓޯބަރ 2024 ގެ ނިޔަލަށް ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީން ބާއްވާ މަސައްކަތު ބައްދަލުވުން ފެށިއްޖެ. ގއ. އަތޮޅުކައުންސިލްގެ ޓްރެއިނިންގ ހޯލުގައި ކުރިޔަށްދާ މިމަސައްކަތު ބައްދަލުވުމުގައި އަތޮޅުގެ ހުރިހާ ރަށެއްގެ އެކިއެކި މުވައްސަސާތަކުން ޖުމްލަ 59 ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާ. މިމަސައްކަތު ބައްދަލުވުމުގައި މައުލޫމާތު ދެއްވަނީ ފެމެލީ ޕްރޮޓަކްޝަން އޮތޯރިޓީގެ ފަންނީ ބޭފުޅުން . 3 ދުވަހުގެ މުއްދަތަށް ހިންގާ މިމަސައްކަތު ބައްދަލުވުމުގެ ސަބަބުން ގެވެށި އަނިޔާ ހުއްޓުވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މުވައްސަސާތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ގިނަގުނަ މައުލޫމާތުތަކެއް ލިބި މިދާއިރާގައި ކުރެވޭ މަސައްކަތްތަކަށް ބޮޑު ކުރިއެރުންތަކެއް ލިބިގެންދާނެ.






