ޚަބަރު

އަތޮޅުކައުންސިލްގެ ވަފުދުން MTCC ގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވައިފި

ގއ. އަތޮޅުކައުންސިލްގެ ފަރާތުން މިވަގުތު މާލޭގައި ހަރަކާތްތެރިވަމުންދާ ޓީމުގެ ފަރާތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރަކްޓިންގ ކޮމްޕެނީ ( MTCC ) ގެ  އިސްބޭފުޅުންނާއި މިއަދު ބައްދަލުކުރައްވައިފި. މިބައްދަލުވުމުގައި RTL ފެރީގެ ޝެޑިއުލް ހެދިފައިވާގޮތުން ހުރިކަންބޮޑުވުންތައް ހިއްސާކޮށް ފެރީގެ ރޫޓަށް ބަދަލުގެނައުމާއި އަދި ފެރީ މެދުވެރިކޮށް އައިޑެންޓިޓީކާޑު ރަށްރަށަށް ފޯރުކޮށްދިނުމާއި ގުޅޭގޮތުން މަޝްވަރާކުރެވިފައިވޭ.