ފުވައްމުލައްސިޓީގެ އަތޮޅުތައުލީމީ މަރުކަޒުގެ ދަރިވަރުން އަތޮޅުކައުންސިލަށް ޒިޔާރަތް ކުރައްވައިފި
ތަޖުރިބާ ދަތުރެއްގައި މިއަތޮޅު ވިލިނގިއްޔަށް ވަޑައިގެންނެވި ފުވައްމުލައް ސިޓީގެ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން މިއަދު އަތޮޅުކައުންސިލަށް ޒިޔާރަތް ކުރައްވައިފި. ދަރިވަރުން އަތޮޅުކައުންސިލަށް ޒިޔާރަތްކުރުމުން އަތޮޅުކައުންސިލުން ދަރިވަރުންނަށް ހޫނު މަރުހަބާއެއް ދަންނަވާފައިވޭ. ދަރިވަރުންނަށް މަރުހަބާ ދެންނެވީ އަތޮޅުކައުންސިލްގެ އިސްމުވައްޒަފުން . ދަރިވަރުންގެ މި ޒިޔާރަތުގައި ކައުންސިލްގެ ސީނިއަރމެނޭޖްމެންޓްގެ ބޭފުޅުން ދަރިވަރުންނާއިއެކު ބޭއްވި ބައްދަލުވުމުގައި ކައުންސިލްގެ މަސައްކަތްތައް ހިނގަމުންދާގޮތާއި ، ހިންގަމުންދާ މަޝްރޫޢުތަކާއި ޚިދްމަތް ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ މައުލޫމާތު ދަރިވަރުންނާއި ހިއްސާކުރެވިފައިވޭ . އަދި އަތޮޅާއިބެހޭ މުހިއްމު މައުލޫމާތުތައް ދަރިވަރުންނާއި ހިއްސާކުރެވިފައިވޭ. މި މައުލޫމާތު ހިއްސާކޮށްދެއްވީ އަތޮޅުކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް އަލްފާޟިލް މުޙައްމަދު ޙަސަން . ދަރިވަރުން ކުރި މިޒިޔާރަތުގައި ޓީމުގެ ފަރާތުން އަތޮޅުކައުންސިލަށް ހަނދާނީ ފިލައަކާއި ހަނދާނީ ހަދިޔާއެއް އަރުވާފައިވޭ. މިތަކެއްޗާއި އަތޮޅުކައުންސިލްގެ ފަރާތުން ހަވާލުވެލެއްވީ އަތޮޅުކައުންސިލްގެ ކައުންސިލް އެގްޒެކެޓިވް އަލްފާޟިލާ އާމިނަތު ފަހީމް. މައުލޫމާތު ހިއްސާކުރުމުގެ ބައްދަލުވުމަށްފަހު ދަރިވަރުންނާއިއެކު ގްރޫޕް ފޮޓޯއެއް ނެގިފައިވޭ .