ޚަބަރު

ގއ. ވިލިނގިލީގައި ޒަމާނީ ފެންވަރުގެ ފެރީޓާމިނަލެއް އެޅުމަށް ޓާމިނަލް ޑިޒައިންކުރަން ހަވާލުކުރެވިފައިވާ ފަރާތާއިއެކު ބައްދަލުވުމެއް ބާއްވައިފި

ގއ. ވިލިނގިލީގައި ޒަމާނީ ފެންވަރުގެ ފެރީޓާމިނަލެއް ގާއިމްކުރުމަށްޓަކައި ފެރީޓާމިނަލް ޑިޒައިންކުރުމަށް ވިލިނގިލީ ކައުންސިލުން ހޮއްވަވާފައިވާ ފަރާތާއިއެކު މަޝްވަރާކުރުމަށް އަތޮޅުކައުންސިލްގައި މިއަދު ބޭއްވުނު ބައްދަލުވުން. މިބައްދަލުވުމުގައި އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހީމް ޝަހީން އާއި ، ވިލިނގިލީ ކައުންސިލްގެ ރައީސް ވިޝާލް މުޙައްމަދާއި  އަތޮޅުކައުންސިލްގެ ސީނިއަރ ބައެއް ސްޓާފުންނާއި ، ފަންނީ ތަޖުރިބާކާރެއް ކަމަށްވާ ކުރީގެ އަތޮޅުވެރިޔާގެ އެހީތެރިޔާ އަދި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ އަލްފާޟިލް އަދުނާނު ޙަލީމް ބައިވެރިވެ ވަޑައިގެންނެވި . މިބައްދަލުވުމުގައި ފެރީޓާމިނަލް ޑިޒައިންކުރާއިރު ޓާމިނަލްގައި ގާއިމްކުރަންޖެހޭ ވަސީލަތްތަކާއި ދަތުރުވެރިންނަށް ލުއިފަސޭހަކޮށް ޒަމާނީ ޚިދްމަތްތައް ލިބޭނެގޮތަށް ޑިޒައިން ތައްޔާރުކުރުމުގެ މުހިއްމުކަން ފާހަގަ ކޮށްފައިވޭ