މޯލްޑިވްސް އިމިގްރޭޝަންގެ ވަފުދުގެ ބޭފުޅުން އަތޮޅުކައުންސިލާއި ބައްދަލުކުރުން
އަތޮޅުކައުންސިލްގެ އިސްނެގުމަކަށް މިއަތޮޅުން ޕާސްޕޯޓްގެ ޚިދްމަތް ލިބޭނެގޮތް ހެދުމަށް އަތޮޅުކައުންސިލުން ކުރަމުންދާ މަސައްކަތްތަކާއި ގުޅިގެން މިޚިދްމަތް އަތޮޅުގައި ގާއިމްކުރުމަށްޓަކައި މަސައްކަތްކުރާނެ ޖާގަ ތައްޔާރުކުރަންވީ ގޮތާއި ކަމާއިބެހޭ މައުލޫމާތު ތައް ހިއްސާކުރުމަށް އިމިގްރޭޝަންގެ ޓީމެއް މިއަދު ( 23 ޖެނުއަރީ 2025 ގައި ) ވިލިނގިއްޔަށް ވަޑައިގެން އަތޮޅުކައުންސިލާއިއެކު ވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވާފަ. މި ބައްދަލުވުމުގައި އިމިގްރޭޝަންގެ މަސައްކަތްތަކަށް ދޫކޮށްފައިވާ ޖާގަ ބޭނުންކުރަން ރާވާފައިވާ ގޮތާއި ގެންނަންޖެހޭ ބަދަލުތަކާއިމެދު ވާހަކަ ދެކެވިފައިވޭ .

