ގއ. އަތޮޅުހޮސްޕިޓަލުންދޭ ޚިދުމަތް ފުޅާކުރުމާއިބެހޭ މަޝްވަރާބައްދަލުވުމެއް ބާއްވައިފި
ގއ. އަތޮޅުހޮސްޕިޓަލުން އަތޮޅުގެ ރައްޔިތުންނަށް ފޯރުކޮށް ދެމުންދާ ޞިއްޙީ ޚިދްމަތްތައް ފުޅާކޮށް ފެންވަރު ރަގަޅު ޚިދްމަތެއް ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން އަތޮޅުކައުންސިލުން އިސްނަގައިގެން ޞިއްޙީ ދާއިރާއަށް އެހީތެރިވުމަށް 2025 ވަނަ އަހަރުގެ އަހަރީ މަސައްކަތު ތާވަލްގައި ހިމެނިފައިވާތީ މިއަހަރުގެ ތެރޭގައި ހޮސްޕިޓަލްގައި ކުރަންހުރި މުހިއްމު ކަންތައްތަކާއިމެދު މަޝްވަރާ ކުރުމަށްޓަކައި ހޮސްޕިޓަލްގެ އިސްބޭފުޅުންނާއިއެކު 03 ފެބްރުއަރީ 2025 ގައި ބައްދަލުވުމެއް ބާއްވައިފި. އަތޮޅުކައުންސިލްގައި ބޭއްވުނު މިބައްދަލުވުމުގައި ހޮސްޕިޓަލުން ދެމުންދާ ޑެންޓަލްސަރވިސް ފުޅާކުރުމަށް ކުރެވެންހުރި މަސައްކަތްތަކާއި ފެންވަރު ރަގަޅު އޮކްސިޖަން ނިޒާމެއް ގާއިމްކުރުމުގެ މުހިއްމުކަން ފާހަގަކޮށް އެކަންކަމާއިމެދު ވާހަކަދެކެވިފައިވޭ . މިބައްދަލުވުމުގައި ހޮސްޕިޓަލްގެ މެނޭޖަރ އަލްފާޟިލް އަލީ ޝަމީމާއި ، ހޮސްޕިޓަލްގެ އިސްބައެއް ވެރިންގެ އިތުރުން އަތޮޅުކައުންސިލްގެ ފަރާތުން ރައީސް އިބްރާހީމް ޝަހީން އާއި ސީނިއަރ ސްޓާފުން ބައިވެރިވެ ވަޑައިގެންނެވި .


