ޚަބަރު

ގއ. ސްޓޭޓްހައުސްގެ ގްރައުންޑް ފްލޯރ މަރާމާތުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ގއ. ސްޓޭޓްހައުސްގެ ގްރައުންޑް ފްލޯރ މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާނާއި ގުޅިގެން ހުށަހެޅުނު ބިޑްތައް އިވެލުއޭޓްކޮށް މިމަސައްކަތް ހަވާލުކުރުމަށް ބިޑްކޮމިޓީން ނިންމެވި ގޮތުގެމަތިން ބިންގަލާ އާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި 09 ފެބްރުއަރީ 2025 ގައި ސޮއިކޮށްފި . 578134.00 ރުފިޔާ އަށް 35 ދުވަހުގެ މުއްދަތުގައި ނިންމުމަށް ސޮއިކުރެވުނު މިއެއްބަސްވުމުގައި އަތޮޅުކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހީމް ޝަހީން. ބިންގަލާ އިން ސޮއިކުރެއްވީ މެނެޖިންގ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ނަޞީރު އަލީ . އަތޮޅުކައުންސިލްގެ ޓްރެއިނިންގ ހޯލުގައި ބޭއްވުނު ސޮއިކުރުމުގެ މިރަސްމިއްޔާތުގައި އަތޮޅުކައުންސިލްގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި.