ގއ. ވިލިނގިލީ ފެރީޓާމިނަލް ކޮންސެޕްޓް ޑްރޯވިންގ އާއި ބެހޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި
އަތޮޅުގެ ރައްޔިތުން ވިލިނގިއްޔަށް އަރާފޭބުމުގަ ލުއިފަސޭހަ ގޮތްތަކެއް ހޯދައި ދިނުމަށްޓަކައި ޒަމާނީ ފެންވަރުގެ ފެރީޓާމިނަލެއް ގާއިމް ކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ފެރީޓާމިނަލްގެ ކޮންސެޕްޓް ޑްރޯވިންގެ އަޕްޑޭޓް ތައް ހިއްސާކުރުމަށް 13 ފެބްރުއަރީ 2025 ގައި ބައްދަލުވުމެއް ބާއްވައިފި. މިބައްދަލުވުމުގައި ކޮންސެޕްޓް ޑްރޯވިންގެ އެންމެ ފަހުގެ އަޕްޑޭޓްތައް ހިއްސާކުރެވިފައިވޭ. މިބައްދަލުވުމުގައި އަތޮޅުކައުންސިލްގެ ރައީސާއި އިސްވެރިންގެ އިތުރުން ވިލިނގިލީ ކައުންސިލްގެ ރައީސް އަލްފާޟިލް ވިޝާލް މުޙައްމަދު ބައިވެރިވަޑައިގެންފައިވޭ.

