ޚަބަރު

އޮޑިޓް މަސައްކަތް ނިންމާ މައުލޫމާތު ހިއްސާކުރުމުގެ ބައްދަލުވުން ބާއްވައިފި

އޮޑިޓަރ ޖެނެރަލްގެ އޮފީހުން 12 އެޕްރީލް 2025 ގައި ފެއްޓެވި ކައުންސިލް އޮޑިޓް ކުރުމުގެ މަސައްކަތް ނިންމަވާ އޮޑިޓުގައި ފާހަގަކުރެވުނު މުހިއްމު ކަންތައްތައް ކައުންސިލާއި ހިއްސާކުރުމަށް 29 އެޕްރީލް 2025 ގައި ބައްދަލުވުމެއް ބާއްވައިފި. ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ބައްދަލުވުމުގައި ކައުންސިލުން 2024 ވަނަ އަހަރުގެ ފައިސާގެ ކަންކަން ބެއްލެވި އިރު އޮޑިޓް ޓީމަށް ފާހަގަކުރެވުނު ކަންތައްތައް ކައުންސިލްގެ އިސްވެރިންނާއި ކަމާއި ގުޅުންހުރި މުވައްޒަފުންނާއި ހިއްސާކުރައްވާފައިވެއެވެ.