ޚަބަރު

ކެންސަރަށް ސްކްރީން ކުރުމުގް ޕޮރްގްރާމެއް ހިންގުމުގެ ފަހުމްނާމާގައި ސޮއިކުރުން

މިއަތޮޅުގެ 6 ރަށެއްގައި ކެންސަރަށް ސްކްރީން ކުރުމުގެ ޕޮރްގްރާމެއް ހިންގުމަށްޓަކައި ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ގއ. އަތޮޅުކައުންސިލާއި ދެމެދު ކަމާއިބެހޭ އެމްއޯޔޫ ގައި 07 މެއި 2025 ގައި ސޮއި ކުރެވިއްޖެ . މިފަހުމް ނާމާގައި ގއ. އަތޮޅުކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ އަތޮޅުކައުންސިލްގެ ރައީސް އިބްރާހީމް ޝަހީން . ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ޗެއަރޕަރސަން ޖުވައިރިއްޔާ ސަޢީދު .  މިއަތޮޅު ކޮނޑޭ ، ގެމަނަފުށި އަދި ކަނޑުހުޅޫގައި މި ޕޮރްގްރާމް 2024 ގައި ހިންގިފައިވާތީ މިއަހަރު މި ޕޮރްގްރާމް މިއަތޮޅުގައި ހިންގާނީ ކޮލަމާފުށި ، ވިލިނގިލި ، މާމެންދޫ ، ނިލަންދޫ ، ދާންދޫ ، ދެއްވަދޫ ގައެވެ. ކެންސަރަށް ސްކްރީން ކުރުމަށް އަތޮޅުގެ ރަށްރަށުގައި ހިންގާ މި ޕޮރްގްރާމަށް ރަށްރަށުން ވަރަށްބޮޑު ތަރުހީބެއް ދަނީ ލިބެމުން .  މިއީ އަތޮޅުކައުންސިލާއި ، އަތޮޅު ހޮސްޕިޓަލް ގުޅިގެން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އާއިއެކު ކުރިޔަށް ގެންދެވޭ ކާމިޔާބު ޕޮރްގްރާމެކެވެ.