ޚަބަރު

ހުވަދޫ ޔޫތު ކޭމްޕާއި ބެހޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

ހުވަދުއަތޮޅުގެ ޒުވާނުންގެ މެދުގައި އިޖުތިމާއީ ގުޅުން ބަދަހި މުޖުތަމައެއް ބިނާކޮށް ޒުވާނުންނަށް ބޭނުންވާ ހުނަރާއި ތަމްރީނުދީ ޒުވާނުންނާއި ގުޅޭ ދާއިރާތަކާއިމެދު ހޭލުންތެރި ކުރުމުގެ މަގްޞަދުގައި އަންނަ އޮގަސްޓް މަހުގެ 15 އިން 19 އަށް ގއ. ވިލިނގިލީގައި ބާއްވަން ހަމަޖެހިފައިވާ ޔޫތު ކޭމްޕާއި ބެހޭގޮތުން މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމެންޓް އިންފޮރމޭޝަން އެންޑް އާރޓްސް އިން އަތޮޅުކައުންސިލާއިއެކު 10 ޖުލައި 2025 ގައި ބައްދަލުވުމެއް ބާއްވައިފި. މިބައްދަލުވުމުގައި އެމްއެންޑީއެފް ސަދަން ކޮމާންޑުގެ އިސްބޭފުޅުންނާއި ، އަތޮޅުކައުންސިލްގެ ވެރިންނާއި ، ވިލިނގިލީ ކައުންސިލްގެ ރައީސްގެ އިތުރުން އަތޮޅު ހޮސްޕިޓަލާއި ތައުލީމީ މަރުކަޒާއި އާރުޑީސީގެ ވެރިން ބައިވެރިވެ ވަޑައިގެންނެވި. ޔޫތު މިނިސްޓްރީގެ ފަރާތުން ޑެޕިއުޓީ މިނިސްޓަރާއި ޕާރމަނަންޓް ސެކްރެޓަރީ އާއި ކަމާއިބެހޭ ބައެއް އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި. މި ބައްދަލުވުމުގައި ކޭމްޕްގައި ހިންގާނެ ހަރަކާތްތަކާއި އަދި ސެކްޓަރތަކުގެ އެހީތެރިކަން ބޭނުންވާ ދާއިރާތައް ފާހަގަކޮށް އެކަންކަން ކަމާއިމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިފައިވޭ.