ޚަބަރު

ފިއުޗަރ ރެޑީ – ކައުންސިލް ގެ ނަމުގައި ޓްރެއިނިން ޕްރޮގްރާމެއް ފަށައިފި

ގއ. ރަށްރަށުގެ ކައުންސިލްތަކާއި ، ވިލިނގިލީގެ ސެކްޓަރ ތަކާއި ، އަތޮޅުކައުންސިލްގެ މުވައްޒަފުންނަށް ޚާއްޞަކޮށް ފިއުޗަރ ރެޑީ – ކައުންސިލްގެ ނަމުގައި ޓްރެއިނިން ޕޮރްގްރާމެއް މިއަދު ފަށައިފި. ލީޑް އެޖާއި ގުޅިގެން ގއ. އަތޮޅުކައުންސިލުން ކުރިޔަށް ގެންދާ މި ޓްރެއިނިންގ ޕޮރްގްރާމުގައި މުވައްޒަފުންގެ ގާބިލް ކަން އިތުރުކޮށް ޚިދްމަތް ދިނުމުގައި ބޭނުންވާ މުހިއްމު ހުނަރުތައް ދަސްކޮށް ދިނުމާއި ވަޒީފާގެ މާހައުލުގައި ދިމާވާ ގޮންޖެހުންތައް ދެނެގަނެ އެކަންކަން ހައްލުކުރާނެ ގޮތުގެ މައުލޫމާތުތައް ފޯރުކޮށްދެވޭނެ. 18 ސެޕްޓެމްބަރ 2025 އިން 20 ސެޕްޓެމްބަރ 2025 ގެ ނިޔަލަށް ގއ. ވިލިނގިލީގައި ކުރިޔަށްގެންދާ މި ތަމްރީން ޕޮރްގްރާމްގައި މިއަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކާއި ވިލިނގިލީގެ ސެކްޓަރ ތަކުން 30 މުވައްޒަފަކު ބައިވެރިވެލައްވާފައިވޭ.