ކޮނޑޭ ކައުންސިލްގެ އިންޓަރނަލް އޮޑިޓް މަސައްކަތް ނިންމައިފި
25 ނޮވެމްބަރ 2024 ގައި ފެށި ގއ. ކޮނޑޭ ކައުންސިލްގެ އިންޓަރނަލް އޮޑިޓް މަސައްކަތް ނިންމާ އޮޑިޓުގައި ފާހަގަކުރެވުނު ކަންތައްތައް ކައުންސިލާއި ހިއްސާކުރުމުގެ ބައްދަލުވުން 02 ޑިސެމްބަރ 2024 ގައި ވަނީ ބޭއްވިފަ. ކޮނޑޭ ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ކޮނޑޭ ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު ޢަބްދުލްޙަކީމް . މި ބައްދަލުވުމުގައި ކައުންސިލްގެ މެމްބަރުންނާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ އިތުރުން ކޮނޑޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ބައިވެރިވެ ވަޑައިގެންނެވި. މިބައްދަލުވުމުގައި އޮޑިޓް ޓީމުގެ ފަރާތުން އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް މުޙައްމަދު ޙަސަން އާއި ، އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް އަޙްމަދު ޙަސަން ދީދީ އަދި އެސިސްޓެންޓް އެސޯސިއޭޓް ކައުންސިލް އޮފިސަރ އަލީ އިބްރާހީމް ވަނީ ޓީމަށް ފާހަގަކުރެވުނު ކަންތައްތައް ބައްދަލުވުމުގައި ހިއްސާކޮށްދެއްވާފަ. މިބައްދަލުވުމުގައި އޮޑިޓް ޓީމްގެ އިސްބޭފުޅެއްގެ ހައިސިއްޔަތުން އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް މުޙައްމަދު ހަސަން ދެއްކެވި ވާހަކަފުޅުގައި އޮޑިޓް މަސައްކަތް ހިނގަމުންދިޔަ އިރު ކައުންސިލުން ވެދެއްވި އެހީތެރިކަން ފާހަގަކޮށް ޝުކުރުއަދާކުރައްވާފައިވޭ.



