ވިލިނގިލީގައި އަޅަންހަމަޖެހިފައިވާ ފެރީޓާމިނަލްގެ ކޮންސެޕްޓް ޑިޒައިނާއިމެދު މަޝްވަރާކޮށްފި
ވިލިނގިއްޔަށް ލަފާފުރުމުގައި ދިމާވާދަތިތައް ހައްލުކުރުމަށްޓަކައި ވިލިނގިލީގައި ޒަމާނީ ފެންވަރުގެ ފެރީޓާމިނަލެއް އެޅުމަށް ވިލިނގިލީ ކައުންސިލުން ނިންމަވާފައިވާތީ ފެރީޓާމިނަލްގެ ކޮންސެޕްޓް ޑިޒައިނާއިމެދު މަޝްރަވާ ކުރުމަށްޓަކައި މިއަދު ބައްދަލުވުމެއް ބާއްވައިފި. ކޮންސެޕްޓް ޑިޒައިން ތައްޔާރުކުރުމަށް ހަވާލުކުރެވުނު ފަރާތާއިއެކު 21 ޖެނުއަރީ 2025 ގައި ބޭއްވުނު އޮންލައިން މީޓިންގައި ވިލިނގިލީ ކައުންސިލްގެ ރައީސްގެ އިތުރުން އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހީމް ޝަހީން އާއި ، ކައުންސިލްގެ ބައެއް ވެރިން ބައިވެރިވެ ވަޑައިގެންނެވި. މީގެ އިތުރުން ފަންނީ ތަޖުރިބާ ކާރެއްކަމުގައި ކުރީގެ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ގއ. އަތޮޅުމެމްބަރ ކަމާއި މިއަތޮޅުގެ އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމް ފުރުއްވި އަލްފާޟިލް އަދުނާން ޙަލީމް ބައިވެރިވެ ވަޑައިގެންނެވި.


