އަތޮޅުކައުންސިލްގެ ވަފުދުން އެލްޖީއޭ އާއި ބައްދަލުކުރައްވައިފި
2025 ވަނަ އަހަރަށް އަތޮޅުކައުންސިލުން ހިންގަން ރާވާފައިވާ މަސައްކަތު ތާވަލްގައިވާ ޙަރަކާތްތަކަށް އެހީތެރިކަން ހޯދުމާއި ، އަތޮޅުގައި ހިންގާ ޕްރޮޖެކްޓް ތަކާއިބެހޭ ކަންކަން ދައުލަތުގެ ވުޒާރާތަކާއި ހިއްސާކުރުމަށް އަތޮޅުކައުންސިލްގެ މެމްބަރުން މާލެއަށް މިހާރުކުރަމުންދާ ދަތުރުގައި މިއަދު ( 23 ޖެނުއަރީ 2025 ގައި ) ލޯކަލްގަވަރމެންޓް އޮތޯރިޓީގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވައިފި. މިބައްދަލުވުމުގައި ކައުންސިލްތައް ހިންގުމުގައި ދިމާވާ ދަތިތައް ހިއްސާކޮށް އެހީތެރިކަން ބޭނުންވާ ދާއިރާތަކުގެ މައުލޫމާތު ހިއްސާކުރެވިފައިވެއެވެ. މިބައްދަލުވުމުގައި އެލްޖީއޭގެ ސީއީއޯ އަލްފާޟިލް މުޙައްމަދު ނިމާލް ބައިވެރިވެ ވަޑައިގެންފައިވެއެވެ.


