ގއ. ނިލަންދޫ ކައުންސިލްގެ މަލްޓިޕާރޕަސް ހޯލް ޕްރޮޖެކްޓް ކުރިޔަށް ގެންދިއުމާއި ބެހޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި
އަތޮޅުގެ ރަށްރަށުގައި ކުރިޔަށްގެންދާ ރަށްވެހިތަރައްޤީގެ މަސައްކަތްތަކަށް އެހީތެރިވުމަށް މިއަހަރު ހިންގަން ހަމަޖެހިފައިވާ ޕޮރްގްރާމުގެ ތެރެއިން ގއ. ނިލަންދޫގައި ގާއިމްކުރެވޭ މަލްޓިޕާރޕަސް ހޯލް ޕްރޮޖެކްޓާއި ބެހޭގޮތުން މައުލޫމާތު ހިއްސާކޮށް މަޝްވަރާކުރުމަށް ނިލަންދޫ ކައުންސިލްގެ އިސްބޭފުޅުންނާއިއެކު 13 ފެބްރުއަރީ 2025 ގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި. އަތޮޅުކައުންސިލްގެ ޓްރެއިނިންގ ހޯލުގައި ބޭއްވުނު މިބައްދަލުވުމުގައި އަތޮޅުކައުންސިލްގެ ސީނިއަރ ސްޓާފުންނާއި ، އަތޮޅުކައުންސިލްގެ މެމްބަރ އަދި ދާންދޫ ކައުންސިލްގެ ރައީސް އަލްޟިލް މުޙައްމަދު އާސިފް ބައިވެރިވެވަޑައިގެންނެވި. ނިލަންދޫ ކައުންސިލްގެ ފަރާތުން ނިލަންދޫ ކައުންސިލްގެ ރައީސް އަދި އަތޮޅުކައުންސިލްގެ ނާއިބްރައީސް އަލްފާޟިލް ނާސިޙް އިބްރާހީމާއި ، ނިލަންދޫ ކައުންސިލްގެ ނާއިބްރައީސް އާއި ކައުންސިލް މެމްބަރ ޒިޔާދު ބައިވެރިވެ ވަޑައިގެންނެވި.
މިބައްދަލުވުމުގައި މަލްޓިޕާރޕަސް ހޯލް ޕްރޮޖެކްޓަށް އަތޮޅުކައުންސިލުން ކަނޑައެޅޭ ބަޖެޓަށް ފެތޭމިންވަރަށް މަސައްކަތްތައް ކުރިޔަށް ގެންދިއުމަށާއި ޕްރޮޖެކްޓަށް އިތުރަށް ހޭދައެއް ކުރަންޖެހޭނަމަ އެކަން ނިލަންދޫ ކައުންސިލުން ކުރިޔަށްގެންދާނެ ކަމުގެ ޔަގީންކަން ދެއްވާފައިވޭ.



