މޯލްޑިވްސް އެކްސްޕޯ 2025 ގެ ދަޢުވަތު ރަށުކައުންސިލްތަކާއި ހަވާލުކުރުމަށް ޚާއްޞަ ޙަރަކާތެއް ބާއްވައިފި
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް އަދި ބިޒްނަސް ސެންޓަރ ކޯޕްރޭޝަން ގުޅިގެން ހިންގަން ހަމަޖެހިފައިވާ ” ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒް 2025 – މޯލްޑިވްސް އެކްސްޕޯ 2025 ” ގެ ދައުވަތުގެ ފަތްކޮޅު މިއަތޮޅުގެ ރަށްރަށަށް ރައްދުކުރުމަށް ހިންގާ ކުރިޔަށްގެންދާ ” ބިލެތާ ދިއުން ” ޙަރަކާތުގެ ތެރެއިން ރަށުކައުންސިލްތަކާއި މޯލްޑިވްސް އެކްސްޕޯ 2025 ގެ ދައުވަތު ރަސްމީކޮށް 17 އެޕްރީލް 2025 ގައި ހަވާލުކޮށްފި. ” ބިލަތާ ދިއުން ” މިހަރަކާތުގައި އަތޮޅުތެރޭގެ ރަށްތަކުގެ ތެރެއިން ފުރަތަމަ ދައުވަތު ހަވާލުކުރެވުނީ މާމެންދޫ ކައުންސިލަށް . މާމެންދޫ ކައުންސިލަށް ދައުވަތު ހަވާލުކޮށްދެއްވީ ވިލިނގިލީ ކައުންސިލްގެ ރައީސް އަލްފާޟިލް ވިޝާލް މުޙައްމަދު. ނިލަންދޫ ކައުންސިލަށް ދައުވަތު ހަވާލުކޮށްދެއްވީ އަތޮޅުކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ފަތުހީ . ދާންދޫ ކައުންސިލަށް ދަޢުވަތު ހަވާލުކޮށްދެއްވީ ނިލަންދޫ ކައުންސިލްގެ ރައީސް އަދި އަތޮޅުކައުންސިލްގެ ނާއިބްރައީސް ނާސިޙް އިބްރާހީމް . ކޮނޑޭ ކައުންސިލަށް ދައުވަތު ޙަވާލުކޮށްދެއްވީ ދާންދޫ ކައުންސިލްގެ ރައީސް މުޙައްމަދު އާސިފް . ގެމަނަފުށި ކައުންސިލަށް ދައުވަތު ހަވާލުކޮށްދެއްވީ ކޮނޑޭ ކައުންސިލްގެ ރައީސް އަޙްމަދު އަބްދުލް ޙަކީމް . ކަނޑުހުޅުދޫ ކައުންސިލަށް ދައުވަތު ޙަވާލުކޮށްދެއްވީ ގެމަނަފުށީ ކައުންސިލްގެ ރައީސް އިބްރާހީމް ނާޝިދު . ދިވެހި ސަގާފީ ހެދުމުގައި ކުރިޔަށް ގެންދިޔަ މި ހަރަކާތުގައި އަތޮޅުކައުންސިލްގެ އިސްބައެއް މުވައްޒަފުންނާއި ، ރަށުކައުންސިލްތަކުގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި.









