ޚަބަރު

ހިއުމަންރައިޓްސް ޑިފެންޑާސް ޕްރޮގްރާމް 2025 ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

ހިއުމަންރައިޓްސް ކޮމިޝަން އޮފްދަރ މޯލްޑިވްސް އިން ގއ. ވިލިނގިލީގައި 20 އެޕްރީލް 2025 އިން 24 އެޕްރީލް 2025 ގެ ނިޔަލަށް ބޭއްވި ހިއުމަންރައިޓްސް ޑިފެންޑާސް ޕޮރްގްރާމް 2025 ނިންމުމުގެ ރަސްމިއްޔާތު 24 އެޕްރީލް 2025 ގައި ބާއްވައިފި. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ޕޮރްގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓް ބައްސަވައިދެއްވީ އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހީމް ޝަހީން އެވެ. އަތޮޅުގެ ހުރިހާ ރަށެއްގެ އެކި ދާއިރާތަކުން ފަންސާހަށްވުރެ ގިނަ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި މި ޕޮރްގްރާމްގައި މައުލޫމާތު ދެއްވީ ހިއުމަންރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އިން ވަޑައިގެންނެވި ފަންނީ ބޭފުޅުން.