ޚަބަރު

ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

މިއަހަރުގެ ބައިނަލް އަޤްވާމީ ކުޑަކުދިންގެ ދުވަސް ( 10 މެއި 2025 ) ގއ. ވިލިނގިލީގައި ކުލަގަދަކޮށް ފާހަގަކޮށްފި. ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ގއ. ވިލިނގިލީ ޖުމްހޫރީ ޕާކުގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައި ވިލިނގިލީގައި ގާއިމްކޮށްފައިވާ ހުރިހާ ސެކްޓަރ ތަކުން ސްޓޯލްތައް ބައިވެރިކޮށް ކުޑަކުދިންނާއި ގުޅޭ ކުޅިވަރުތަކާއި ތަފާތު ގިނަ ހަރަކާތްތަކެއް ހިންގާފައިވޭ. ތައުލީމީ މަރުކަޒުގެ ދަރިވަރުންގެ ޑްރާމާ ތަކާއި ، ލަވަތައް ގެނެސްދީ ކުޑަކުދިންނާއި ގުޅޭ ކުޅިވަރުތަކަށް ވަރަށްބޮޑު ތަރުހީބެއް ލިބިގެންގޮސްފައިވޭ. 10 މެއި 2025 ވީ ހޮނިހިރު ދުވަހުގެ ހަވީރު 4 އިން 6 އަށް ކުރިޔަށް ގެންދެވުނު ކުޑަކުދިންގެ ހަވީރުގައި އަތޮޅުކައުންސިލްގެ ސްޓޯލެއްވެސް ބައިވެރިކުރެވިފައިވޭ. ކުޑަކުދިންގެ ހަވީރަށް ގިނަ އަދަދެއްގެ ކުޑަކުދިންނާއި ބެލެނިވެރިން ޒިޔާރަތްކޮށްފައިވޭ.