ބައިނަލްއަޤްވާމީ މަންމައިންގެ ދުވަސް ފާހަގަކުރުން
މިއަހަރުގެ ބައިނަލް އަޤްވާމީ މަންމައިންގެ ދުވަސް ( 11 މެއި 2025 ) އަތޮޅުކައުންސިލުން ފާހަގަކޮށްފި. މިގޮތުން އަތޮޅުކައުންސިލްގައި މަސައްކަތްކުރައްވާ ހުރިހާ މަންމައިންގެ އަގުވަޒަންކުރުމުގެ ގޮތުން މަންމައިންގެ ޝަރަފުގައި ޚާއްޞަ މެންދުރުގެ ފަރިއްކޮޅެއް ޕުލްމަން މޯލްޑިވްސް މާމުޓާ ރިސޯޓްގައިވަނީ ބޭއްވިފަ. މަންމައިންނަކީ ދަރިން ތަރުބިއްޔަތު ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަމުންދާ ބަޔަކަށްވެފައި އަދި އެއީ މުޖުތަމައުގައި ގަދަރާއި އިހްތިރާމް ލިބެގެންވާ ބައެކެވެ.
ޕުލްމަން މޯލްޑިވްސް މާމުޓާ ރިސޯޓްގައި ބޭއްވުނު މި ފަރިއްކޮޅުގައި އަތޮޅުކައުންސިލްގައި މަސައްކަތްކުރައްވާ ހުރިހާ މަންމަ އިންނާއި ކައުންސިލްގެ ސީނިއަރ ސްޓާފުން ބައިވެރިވެ ވަޑައިގެންނެވި.




