ޚަބަރު

އުތުރުހުވަދޫ ޤުރުއާން މުބާރާތުގައި ބައިވެރިވާ ދަރިވަރުން ވިލިނގިއްޔަށް ވަޑައިގަންނަވައިފި

އުތުރު ހުވަދޫ ޤުރުއާން މުބާރާތް 2025 ގައި ބައިވެރިވާ ރަށްރަށުގެ ސްކޫލް މަދަރުސާތަކުގެ ދަރިވަރުން 21 ޖުލައި 2024 ގައި ވިލިނގިއްޔަށް ވަޑައިގަންނަވައިފި. އަތޮޅުގެ ހުރިހާ ރަށަކުން ޖުމްލަ 75 ދަރިވަރުން ބައިވެރިވި މި މުބާރާތަށް ވިނގިއްޔަށް ވަޑައިގެންނެވި ދަރިވަރުންނާއި ބެލެނިވެރިންނާއި އޮފިޝަލުންނަށް ވިލިނގިލިން ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައިވޭ. މަރުހަބާ ދެންނެވުމަށް އައު ހާބަރ ސަރަހައްދުގައި ބޭއްވުނު އިވެންޓުގައި ތައުލީމީ މަރުކަޒުގެ އިސް ދަރިވަރުންނާއި ވެރިންނާއި މުވައްޒަފުން އަދި އަތޮޅުކައުންސިލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި. މި މުބާރާތް އޮންނާ މިއަދުން ފެށިގެން މި ޖުލައި މަހުގެ 23 ގެ ނިޔަލަށް .