ކޫއްޑޫ ފިޝަރީޒްކޮމްޕްލެކްސްގެ ސީނިއަރ މެނޭޖްމެންޓާއި ކައުންސިލުން ބައްދަލުކުރައްވައިފި
ެކުނުގެ މަސްވެރިކަމުގެ މައިހަބު ކަމަށްވާ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ސީނިއަރ މެނޭޖްމެންޓާއި އަތޮޅުކައުންސިލުން 01 އޮގަސްޓް 2024 ގައި ބައްދަލުކުރައްވައިފިއެވެ. ކޫއްޑޫގައި ބޭއްވުނު މިބައްދަލުވުމުގައި ކޫއްޑޫގެ ހިންގުމުގައި ދިމާވާ ގޮންޖެހުންތަކާއި ދަތިތައް ބަލާ ކޫއްޑޫގެ ޚިދްމަތް ފުޅާކޮށް ތަރައްގީކުރުމަށް ކުރެވެންހުރި ކަންތައްތަކާއިމެދު މަޝްވަރާ ކުރެވިފައިވެއެވެ.
އަތޮޅުކައުންސިލްގެ ފަރާތުން ކޫއްޑޫއަށް ވަޑައިގެންނެވި ޓީމުގައި ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހީމް ޝަހީންގެ އިތުރުން އަތޮޅުކައުންސިލްގެ މެމްބަރ އަދި ވިލިނގިލީ ކައުންސިލްގެ ރައީސް އަލްފާޟިލް ވިޝާލް މުޙައްމަދާއި ، އަތޮޅު ކައުންސިލްގެ ސެކްރެޓަރީޖެނެރަލް އަލްފާޟިލް މުޙައްމަދު ފަތުހީ އާއި އ. ކައުންސިލް އެގްޒެކެޓިވް އަލްފާޟިލް މުޙައްމަދު ހަސަން އާއި އ. ކައުންސިލް އޮފިސަރ އަލްފާޟިލާ މަރިޔަމް ވުޝާނާ ހިމެނިވަޑައިގަންނަވައެވެ.