ޚަބަރު

ގއ. ދާންދޫ ސްކޫލްގެ އަހަރީ އިނާމްދިނުމުގެ ޖަލްސާ ބާއްވައިފި

ގއ. ދާންދޫ ސްކޫލްގެ 2022 – 2023 ގެ އަހަރީ އިނާމްދިނުމުގެ ޖަލްސާ 02 އޮގަސްޓް 2024 ގައި ބާއްވައިފިއެވެ. ގއ. ދާންދޫ ސްކޫލްގައި ބޭއްވުނު އަހަރީ އިނާމްދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވީ ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ އަބޫބަކުރު ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް މުޙައްމަދު އަޖީބެވެ. ދާންދޫ ސްކޫލްގެ 2022 – 2023 ގެ ސެކަންޑަރީން ބެސްޓްއޯލްރައުންޑަށް ހޮވުނީ އައިޝަތު އާލާ އަޙްމަދެވެ. ހަޔަރ ސެކަންޑަރީން ބެސްޓްއޯލް ރައުންޑަކަށް ހޮވުނީ މަރިޔަމް ނޫރާ އަޙްމަދެވެ.

ދާންދޫ ސްކޫލްގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާގައި ގއ. އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހީމް ޝަހީން އާއި އަތޮޅުކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް މުޙައްމަދު ފަތުޙީގެ އިތުރުން ގއ. ދާންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު އާޞިފާއި ، ގއ. ދާންދޫގެ ސެކްޓަރ ތަކުގެ ވެރިންނާއި ، ގިނަ އަދަދެއްގެ ބެލެނިވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.