ގއ. އަތޮޅުގެ ފުލުހުންނަށް D 26 ގެ ލައިޓް ހަދިޔާކުރުން
ގއ. އަތޮޅުގެ ރަށްރަށުގައި ހަރަކާތްތެރިވާ ފުލުހުން ރަށުތެރެ ބެލެހެއްޓުމުގައި ބޭނުންކުރުމަށް D26 ގެ ލައިޓް އަތޮޅު ކައުންސިލުން ފުލުހުންނަށް ހަދިޔާ ކޮށްފި. ލައިޓް ހަދިޔާކުރުމަށް އަތޮޅު ކައުންސިލްގެ ހޯލުގައި 04 އޮގަސްޓް 2024 ދުވަހުގެރޭ ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި ގއ. އަތޮޅުގެ ރަށްރަށުގައި މަސައްކަތްކުރައްވާ ފުލުހުންގެ ސްޓޭޝަން އިންޗާޖުންނަށް ލައިޓް ހަވާލުކޮށް ދެއްވީ ގއ. އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހީމް ޝަހީން . ގއ. އަތޮޅުކޮމާންޑަރ ބައިވެރިވެ ވަޑައިގެންނެވި މިޚާއްޞަ ރަސްމިއްޔާތުގައި އަތޮޅުކައުންސިލްގެ ސެކްރެޓަރީ ޖެނެރަލާއި ، ބައެއް ވެރިން ބައިވެރިވެ ވަޑައިގެންނެވި. ފުލުހުންނަށް ހަދިޔާކުރި ލައިޓްތައް ގަތުމަށް އަތޮޅުކައުންސިލުން 13800.00 ރުފިޔާ ހޭދަކޮށްފައިވޭ .