ޚަބަރު

ސްޓޭޓްހައުސް މަރާމާތުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ގއ. ސްޓޭޓްހައުސްގެ ފަސްޓްފްލޯ މަރާމާތު ކުރުމުގެ މަސައްކަތް އެމްކިޔުޓް އިންވެސްޓްމެންޓާއި ހަވާލުކުރުމަށް ކަމާއި ބެހޭ އެއްބަސްވުމުގައި 08 ސެޕްޓެމްބަރ 2024 ގައި ސޮއި ކުރެވިއްޖެ. މިމަސައްކަތަކީ 548640.00 ރުފިޔާއަށް 39 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކުރެވުނު މަސައްކަތެކެވެ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ރަސްމިއްޔާތުގައި އަތޮޅުކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހީމް ޝަހީން އެވެ. އެމްކިޔުޓް އިންވެސްޓްމެންޓުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނެޖިންގ ޑިރެކްޓަރ އަލްފާޟިލް މަޒީދު ޢަބްދުﷲ އެވެ. މިރަސްމިއްޔާތުގައި މިކައުންސިލްގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.