ޚަބަރު

އަތޮޅުކައުންސިލްގެ އުޅަނދުތަކަށް ބޭނުންވާ ޕެޓްރޯލް ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި ސޮއި ކުރުން

އަތޮޅުކައުންސިލްގެ އުޅަނދުތަކަށް ބޭނުންވާ ޕެޓްރޯލް ހޯދުން އައުޓްސޯސްކޮށް މިކަމަށް ކުރެވުނު އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅީ ހަމައެކަނި ހޮވާލާ ހޯލްޑިންގ އިން ކަމަށްވާތީ ޕެޓްރޯލް ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި 10 ސެޕްޓެމްބަރ 2024 ގައި ސޮއިކުރެވިއްޖެ. 1 ދުވަހުގެ މުއްދަތަށް މިޚިދްމަތް ފޯރުކޮށް ދިނުމަށް ހޮވާލާ ހޯލްޑިންގ އާއި އެކު ވެވުނު އެއްބަސްވުމުގައި އަތޮޅުކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހީމް ޝަހީން . ހޮވާލާ ހޯލްޑިންގ ގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ރަޝާދު . މިކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތުގައި އަތޮޅުކައުންސިލްގެ ސީނިއަރ މެނޭޖްމެންޓުގެ ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި.