ދައުލަތުގެ މާލިއްޔަތު ޤަވައިދަށް އަހުލުވެރި ކުރުމުގެ ތަމްރީން ޕޮރްގްރާމް ފެށިއްޖެ
މާލީ ވުޒާރާއާއި ގއ. އަތޮޅު ކައުންސިލް ގުޅިގެން ގއ. އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކާއި ވިލިނގިލީގެ ސެކްޓަރ ތަކަށް އަމާޒްކޮށްގެން ދައުލަތުގެ މާލިއްޔަތު ޤަވައިދަށް އަހުލުވެރި ކުރުމުގެ ތަމްރީން ޕޮރްގާމް 12 ސެޕްޓެމްބަރ 2024 ގައި ފެށިއްޖެ. ގއ. އަތޮޅުކައުންސިލްގެ ޓްރެއިނިންގ ހޯލުގައި ކުރިޔަށްދާ މި ތަމްރީން ޕޮރްގްރާމުގައި މައުލޫމާތު ދެއްވަނީ މާލީ ވުޒާރާގެ ފަންނީ ބޭފުޅުން . 2 ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މި ތަމްރީން ޕޮރްގްރާމުގައި ކަނޑުހުޅުދޫ އަދި ކޮނޑޭ ކައުންސިލް ފިޔަވައި އަތޮޅުގެ ހުރިހާ ކައުންސިލަކުން މުވައްޒަފުން ބައިވެރިކޮށްފައިވޭ . އަދި ވިލިނގިލީގެ ގިނަ ސެކްޓަރ ތަކުން މުވައްޒަފުން ބައިވެރިކޮށްފައިވާކަން ފާހަގަކުރެވޭ.