އައިޑެންޓިޓީކާޑް ޕްރިންޓްކޮށް އަތޮޅުކައުންސިލުން މި ޚިދްމަތް ފޯރުކޮށްދޭން ފެށުން ފާހަގަ ކޮށްފި.
ގއ. އަތޮޅުގެ ރައްޔިތުންނަށް ގާތުން ޚިދްމަތް ދިނުމަށްޓަކައި މިއަތޮޅުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ޕްރިންޓްކޮށް ޚިދްމަތް ދިނުމަށްޓަކައި އަތޮޅުކައުންސިލްގެ ތެރޭގައި އައިޑީ ކާޑުގެ ޚިދްމަތަށް ވަކި ބައެއް ހަމަޖައްސާ ޚިދްމަތް ރަސްމީގޮތުން މިއަދު ފައްޓަވައި ދެއްވަފިއެވެ. މިކަމަށްޓަކައި އަތޮޅުކައުންސިލްގެ ޓްރެއިނިންގ ހޯލްގައި ބޭއްވުނު ރަސްމިއްޔާތުގައި މިޚިދްމަތް ފައްޓަވައި ދެއްވުމުގެ ގޮތުން ކައުންސިލްގެ ތެރޭގައި އައިޑެންޓިޓީ ކާޑް ހެދުމަށް ޚާއްޞަ ކޮށްފައިވާ ބައި ހުޅުއްވައި ދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އޮނަރަބްލް އަލްފާޟިލް އަލީ އިހްސާނެވެ. މިކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތުގައި ވިލިނގިލި ސެކްޓަރ ތަކުގެ އިސްވެރިންނާއި ރަށްރަށުގެ ބައެއްކައުންސިލް ތަކުގެ ރައީސުންނާއި އަތޮޅުކައުންސިލްގެ އިސްމުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވި. މިރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންނާއި ގާތުން ޚިދްމަތް ދިނުމަކީ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާގެ ވައުދެއް ކަމަށާއި ވައުދު ތަންފީޛް ކުރުމުގައި އަތޮޅުކައުންސިލްގެ ދައުރު ވަރަށްބޮޑުކަން ފާހަގަކޮށް ޝުކުރު އަދާކުރައްވާފައިވޭ
މިރަސްމިއްޔާތުގައި އަތޮޅުކައުންސިލްގެ ރައީސްދެއްކެވި ވާހަކަފުޅުގައި އަތޮކައުންސިލް ދެމިއޮންނާނީ ރައްޔިތުންނާއި ގާތުން ޚިދްމަތްދޭ ކައުންސިލެއްގެ ގޮތުގައި ކަމަށާއި ރައްޔިތުންނަށް ލާބަ ހުރި ކަންކަން ކުރުމުގައި ކައުންސިލް އެއްރޫހެއްގައި އަބަދުވެސް މަސައްކަތް ކުރައްވާނޭ ކަމުގައި ވިދާޅުވިއެވެ. އަތޮޅުކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް އަލްފާޟިލް މުޙައްމަދު ހަސަން ތައާރަފްކޮށްދެއްވި މި ރަސްމިއްޔާތުގައި އައިޑީކާޑުގެ ޚިދްމަތް އަތޮޅުކައުންސިލްގައި ފެއްޓެވުމަށް ހޯމް މިނިސްޓްރީން ދެއްވާފައިވާ އެހީތެރިކަން ފާހަގަކޮށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލައެއް އެރުވިފައިވެއެވެ. މިފިލާ ވަޒީރަށް އެރުވީ އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހީން ޝަހީން