މުވައްޒަފުންގެ ތަޖުރިބާ ދަތުރުގައި ހއ. އިހަވަންދޫ އަށް ޒިޔާރަތްކޮށްފި
ގއ. އަތޮޅުކައުންސިލްގެ މުވައްޒަފުން ހއ. އަތޮޅަށް ކުރަމުންދާ ތަޖުރިބާ ދަތުރުގައި ކައުންސިލްގެ ޓީމް މިއަދު ހއ. އިހަވަންދޫ އަށް ޒިޔާރަތްކޮށްފި . އިހަވަންދޫ އިން ކައުންސިލްގެ ޓީމަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައިވޭ . މިދަތުރުގައި ކައުންސިލްގެ ޓީމުން އިހަވަންދޫ ކައުންސިލާއި ބައްދަލުކޮށް ކައުންސިލް ހިންގުމުގައި އެރަށަށް ދިމާވާ ދަތިތަކާއި ހުރި ގޮންޖެހުންތަކާއި މެދު މަޝްރަވާކޮށް މައުލޫމާތު ހިއްސާކުރެވިފައިވޭ . އަދި ކައުންސިލުން ރަށުގައި ހިންގަމުންދާ ޕްރޮޖެކްޓްތައް ބައްލަވާލައްވާފައިވޭ . މިދަތުރުގައި އިހަވަންދޫގައި މިއަދު ކުރިޔަށްދިޔަ އުމުރުން ދުވަސްވީ މީޙުނަށް ބޭއްވި ހަވީރުގައި ކައުންސިލްގެ ޓީމުން ބައިވެރިވެފައިވޭ . މީގެ އިތުރުން ކައުންސިލްގެ ޓީމުން އިހަވަންދޫގައި ހުރި އާސާރީ ތަންތަނާއި އެކިއެކި މުއައްސަސާތަކަށް ޒިޔާރަތްކޮށްފައިވޭ .