މުވައްޒަފުންގެ ތަޖުރިބާ ދަތުރުގައި ހއ. ބާރަށަށް ޒިޔާރަތްކޮށްފި
ގއ. އަތޮޅުކައުންސިލްގެ މުވައްޒަފުން ހއ. އަތޮޅަށް ކުރަމުންދާ ތަޖުރިބާ ދަތުރުގައި 30 ސެޕްޓެމްބަރ 2024 ގައި ހއ. ބާރަށަށް ޒިޔާރަތްކޮށްފި. ބާރަށަށް ކުރި މިދަތުރުގައި ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރުމަށް ބޮޑޫ ތަކުރުފާނު ކުރެއްވި ހަނގުރާމައިގައި ބޭނުންކުރެއްވި ” ކަޅުއޮއްފުންމި ” ބެންނެވި ސަރަހައްދާއި ، ކަނބާއައިސާގެ މަހާނަ އަދި ބާރަށު އާސާރީ މިސްކިތަށް މުވައްޒަފުން ޒިޔާރަތްކުރައްވާފައިވޭ. މިދަތުރުގައި ކައުންސިލްގެ 8 މުވައްޒަފުން ބައިވެރިވެ ލެއްވި މިދަތުރުގައި ބާރަށު ކައުންސިލްގެ އެހީތެރިކަން ވަރަށްބޮޑަށް ޓީމަށް ލިބިފައިވޭ