ޚަބަރު

ގއ. ވިލިނގިލީ ކައުންސިލްގެ އިންޓަރނަލް އޮޑިޓް ފެށުމުގެ ބައްދަލުވުން ބާއްވައިފި.

ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ އިންޓަރނަލް އޮޑިޓް ޓީމާއި ރަށްރަށުގެ ކައުންސިލްތަކުގެ އިންޓަރނަލް އޮޑިޓްގެ މަސައްކަތްތައް ކުރުމަށް އައްޔަންކުރެވިފައިވާ ޓީމް ހިމެނޭގޮތަށް އޮޑިޓް ޓީމުން ވިލިނގިލީ ކައުންސިލް އޮޑިޓް ކުރަން ފެށުމުގެ ގޮތުން ބާއްވާ ބައްދަލުވުން މިއަދު ބާއްވައިފި. މިބައްދަލުވުމުގައި ވިލިނގިލީ ކައުންސިލްގެ ސީނިއަރ ސްޓާފުންގެ އިތުރުން ކައުންސިލަރ ޝީބާ އަޙްމަދު ބައިވެރިވެ ލެއްވި. އިންޓަރނަލް އޮޑިޓް ފެށުމަށްޓަކައި ވިލިނގިލީ ކައުންސިލްގައި ބޭއްވުނު ބައްދަލުވުމުގައި ޓީމުގެ ފަރާތުން ތައާރަފްކޮށް އެރުވީ އަތޮޅުކައުންސިލްގެ ފަރާތުން އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް އަލްފާޟިލް މުޙައްމަދު ހަސަން . މި ބައްދަލުވުމުގައި ޓީމުގެ ފަރާތުން މަސައްކަތް ކުރިޔަށްގެންދަން ރާވާފައިވާގޮތް ކައުންސިލާއި ހިއްސާކުރެއްވި .