ޚަބަރު

އަތޮޅުކައުންސިލްގެ އިންޓަރނަލް އޮޑިޓް ނިންމާ މައުލޫމާތު ހިއްސާކުރުމުގެ ބައްދަލުވުން ބާއްވައިފި

ލޯކަލްގަވަރމެންޓް އޮތޯރިޓީން ގއ. އަތޮޅުގައި 06 އޮކްޓޯބަރ 2024 ގައި ކުރިޔަށް ގެންދެވި އިންޓަރނަލް އޮޑިޓް ޕައިލެޓް ޕޮރްގްރާމުގެ ދަށުން ގއ. އަތޮޅުކައުންސިލްގެ އޮޑިޓް ނިންމެވުމަށްފަހު މައުލޫމާތު ހިއްސާކުރުމުގެ ބައްދަލުވުން މިއަދު ބާއްވައިފި. މިބައްދަލުވުމުގައި އޮޑިޓް ޓީމުން ފާހަގަކޮށްފައިވާ ކަންކަން ހިއްސާކުރައްވާފައިވޭ . އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިބައްދަލުވުމުގައި އަތޮޅުކައުންސިލްގެ ރައީސްގެ އިތުރުން ކައުންސިލްގެ ސީނިއަރ ސްޓާފުންނާއި ، ސެކްޝަންތަކުގެ އިސްބޭފުޅުންނާއި ޕްރޮކިއުމެންޓާއި ކައުންސިލް ބިޔުރޯ އަދި ފައިނޭންސް ގައި މަސައްކަތްކުރައްވާ މުވައްޒަފުން ބައިވެރިވެ ލެއްވި . އިންޓަރނަލް އޮޑިޓް ޕައިލެޓް ޕޮރްގްރާމުގެ ދަށުން ދެން މަސައްކަތް ފަށަން ހަމަޖެހިފައިވަނީ ގއ. ވިލިނގިލީ ކައުންސިލްގައި .