ޚަބަރު

ގއ. ކޮނޑޭ ކައުންސިލް އޮޑިޓް ކުރުމުގެ މަސައްކަތް ފެށިއްޖެ.

ގއ. އަތޮޅުކައުންސިލުން ކުރިޔަށް ގެންދާ ރަށުކައުންސިލްތައް އޮޑިޓް ކުރުމުގެ ޕޮރްގްރާމުގެ ދަށުން ގއ. ކޮނޑޭ  ކައުންސިލްގެ އިންޓަރނަލް އޮޑިޓް ކުރުމުގެ މަސައްކަތް 25 ނޮވެމްބަރ 2024 ގައި ފެށިއްޖެ. އޮޑިޓް ކުރުމުގެ މަސައްކަތް ފެށުމަށްޓަކައި ކޮނޑޭ ކައުންސިލާއިއެކު މައުލޫމާތު ހިއްސާކުރުމުގެ ބައްދަލުވުން ބޭއްވިފައިވަނީ މިއަދު 8.30 ގައި ކޮނޑޭ ކައުންސިލްގެ ޖަލްސާކުރާ މާލަމުގަ . މިބައްދަލުވުމުގައި އޮޑިޓް ޓީމުގައި ހިމެނޭ 3 ބޭފުޅުންގެ އިތުރުން ކޮނޑޭ ކައުންސިލްގެ ރައީސް އަޙްމަދު ޢަބްދުލް ޙަކީމާއި ކައުންސިލްގެ ނާއިބްރައީސް އާއި މެމްބަރުން ބައިވެރިވެ ވަޑައިގެންނެވި .  އޮޑިޓް ޓީމުގެ ފަރާތުން ބައްދަލުވުން ތައާރަފްކޮށް މައުލޫމާތު ހިއްސާކުރެއްވީ އަތޮޅުކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް އަލްފާޟިލް މުޙައްމަދު ޙަސަން . މީގެ އިތުރުން ޓީމުގައި ހިމެނޭ ބޭފުޅުން އޮޑިޓް ކުރުމުގައި ބައްލަވާނެ ކަންކަމުގެ މައުލޫމާތު ޓީމުގެ ފަރާތުން މިބައްދަލުވުމުގައި ހިއްސާކުރައްވާފައިވޭ .