ގއ. ގެމަނަފުށި ކައުންސިލް އޮޑިޓް ކުރުމުގެ މަސައްކަތް ފެށިއްޖެ.
ގއ. އަތޮޅުކައުންސިލުން ކުރިޔަށް ގެންދާ ރަށުކައުންސިލްތައް އޮޑިޓް ކުރުމުގެ ޕޮރްގްރާމުގެ ދަށުން ގއ. ގެމަނަފުށި ކައުންސިލްގެ އިންޓަރނަލް އޮޑިޓް ކުރުމުގެ މަސައްކަތް 24 ނޮވެމްބަރ 2024 ގައި ފެށިއްޖެ. އޮޑިޓް ކުރުމުގެ މަސައްކަތް ފެށުމަށްޓަކައި ގެމަނަފުށި ކައުންސިލާއިއެކު މައުލޫމާތު ހިއްސާކުރުމުގެ ބައްދަލުވުން ބޭއްވިފައިވަނީ 24 ނޮވެމްބަރ 2024 ވީ އާދީއްތަ ދުވަހުގެ ރޭ 9.00 ގައި ގެމަނަފުށި ކައުންސިލްގެ ޖަލްސާކުރާ މާލަމުގަ . މިބައްދަލުވުމުގައި އޮޑިޓް ޓީމުގައި ހިމެނޭ 3 ބޭފުޅުންގެ އިތުރުން ގެމަނަފުށީ ކައުންސިލްގެ ރައީސް އިބްރާހީމް ނާޝިދު އާއި ކައުންސިލްގެ ނާއިބްރައީސް އާއި މެމްބަރުންގެ އިތުރުން ގެމަނަފުށީ ކައުންސިލްގެ ސީނިއަރ ސްޓާފުން ބައިވެރިވެ ވަޑައިގެންނެވި . އޮޑިޓް ޓީމުގެ ފަރާތުން ބައްދަލުވުން ތައާރަފްކޮށް މައުލޫމާތު ހިއްސާކުރެއްވީ އަތޮޅުކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް އަލްފާޟިލް މުޙައްމަދު ޙަސަން .