ބިޒްނަސް ސެންޓަރ ކޯޕްރޭޝަން އާއި އެކު އޮންލައިން ބައްދަލުވުމެއް ބާއްވައިފި
ފަންނުވެރިންގެ އުފެއްދުންތައް މާކެޓް ކުރުމަށް ފުރުޞަތު ހޯދާ ފަންނު ވެރިކަން ކުރިއެރުވުމަށް މުޅިރާއްޖެއަށް ހުޅުވާލައިގެން މިއަހަރުގެ މެއި މަހު ބިޒްނަސް ސެންޓަރ ކޯޕްރޭޝަނުން މާލޭގައި ބާއްވަން ހަމަޖެހިފައިވާ ފަންނުވެރިންގެ އެކްސްޕޯ އާއި ބެހޭ މައުލޫމާތު ހިއްސާކުރުމަށް އެކޯޕްރޭޝަނުން މިއަތޮޅަށް ޚާއްޞަކޮށްގެން 19 ފެބްރުއަރީ 2025 ގައި އޮންލައިން ބައްދަލުވުމެއް ބާއްވައިފި. އަތޮޅުކައުންސިލްގެ ޓްރެއިނިންގ ހޯލުގައި ބޭއްވި މި އޮންލައިން ބައްދަލުވުމުގައި އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހީމް ޝަހީން އާއި އަތޮޅުކައުންސިލްގެ ބައެއް އިސްވެރިންގެ އިތުރުން ގއ. ގެމަނަފުށީ ކައުންސިލްގެ ފަރާތުން ކައުންސިލްގެ ރައީސް އިބްރާހީމް ނާޝިދާއި ، ބިޒްނަސްސެންޓަރ ކޯޕްރޭޝަން ގއ. ބްރާނޗްގެ ސްޓާފުން ބައިވެރިވެ ވަޑައިގެންނެވި.

